ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ހއ އުތީމު ގޮފީގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފަކު ބޭނުންވެއްޖެ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ހއ އުތީމު ގޮފީގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފަކު ބޭނުންވެއެވެ.

 

މަޤާމު:

ސަޕޯރޓް އޮފިސަރ

 

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މުއްދަތު:

1 (އެކެއް) އަހަރު

 

މުސާރަ:

މަހަކު -/3500ރ. ( މީގެ އިތުރުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ ދެވޭނެއެވެ)

މަސައްކަތް ކުރަން ޖެހޭ ގަޑި:

ޤުރުއާން ކުލާހުގައި ކިޔަވައިދޭ ގަޑިތަކުގައި

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން

(ށ) ޢުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

 

މަސްއޫލިއްޔަތު:       

(ހ) ޢިމާރާތް ހުޅުވައި ލެއްޕުން

(ށ) ޢިމާރާތުގެ އެތެރެ ސާފުކޮށް ބެލެހެއްޓުން

(ނ) ޙާޟިރީ ބެލެހެއްޓުން

(ރ) ފީ ބަލައިގަތުން

(ބ) ތުއްތު ކުދިންނާއި ކުޑަކުދިންގެ ކަންތައްތަކުގައި އެހީތެރިވެދިނުން

(ޅ) އިދާރީ ލިޔެކިއުންތައް ބެލެހެއްޓުން

(ކ) ކުލާސް ނަގައިދޭ އިރު ޙާފިޒަށް އެހީތެރިވެދިނުން

(ރ) ވަޒިފާގެ ދާއިރާއާއި ގުޅުން ހުރި އެހެނިހެން މަސައްކަތް ކުރުން

 

         

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މާރިޗް 2020 ވާ ހޯމަ ދުވަހުގެ  14:00ގެ ކުރީން ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މި މަޤާމުގެ އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ 25 މާރިޗް 2020 އިން 30 މާރިޗް 2020 އާއި ދެމެދު ގައެވެ.

16 މާރިޗު 2020
ހޯދާ