ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަހަރީ ރިޕޯޓް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަހަރީ ރިޕޯޓް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.
- މި ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެގޮތުގައި ބަޔާން ކޮށްފައިވާނެއެވެ. (އިއުލާނާއި އެޓޭޗް ކުރެވިފައި)ލިޔެކިޔުންތައް ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތަކާއި މިމަޢުލޫމާތު ޝީޓްގައި ދީފައިވާ އިރުޝާދާ ޚިލާފަށް ހުށަހަޅާ ބީލަންތައް އަދި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް ބާޠިލުވާނެއެވެ.
- މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް 2020 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
15 ރަޖަބު 1441
10 މާރިޗު 2020
10 މާރިޗު 2020
ހޯދާ