މަޤާމު:
|
ޑެޕިއުޓީ ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ހިއުމަން ރިސޯސް
|
ގްރޭޑް:
|
06
|
ސްޕައިން ޕޮއިންޓް:
|
35
|
މުސާރަ:
|
މަހަކު 10,582.19 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 4,535.22 ރުފިޔާ
|
ޢިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން:
- މަޤާމުތަކަށް މީހުން ހަމަޖެއްސުމާއި، ވަޒީފާ /ބަދަލު ކުރުމާއި/ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރުވުން.
- ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކުރުވާ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
- ހުސްވާ މަޤާމްތަކަށް މީހުން ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސްޕަވައިޒްކުރުން.
- ބިދޭސީ މުވައްޒަފުން މާލެ އައުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައި، ޤަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑު އަދި ވިސާފީ ދެއްކުމުގެ ކަންތައްތައް ރާވާ ހިންގުން.
- މުވައްޒަފުންގެ ވަޒިފާއާއި ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީތަކަށް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތްތަކަށް ޖަވާބު ފޮނުވުމުގެ ކަންތައްތައް ހަމަޖެއްސުން.
- ވަޒީފާ ބަޔާންތައް ތައްޔާރުކޮށް ވަޒީފާގެ ޗިޓްތައް ކަމާބެހޭ ސެކްޝަންތަކަށް ޙާވާލުކުރޭތޯ ބަލާ މޮނިޓަރކުރުން.
- ވަޒީފާއަށް އަލަށް ވައްދާ މުވައްޒަފުން ހިޔުމަން ރިސޯސް ސިސްޓަމް،ސެޕް ސިސްޓަމަށް އެންޓަރކޮށް އެ މުވައްޒަފުންގެ ކާޑު ހަދައިދިނުމުގެ ކަންތައް މޮނިޓަރކުރުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކުރެވޭތޯ ޗެކްކުރުން.
- ޔުނިވަރސިޓީގެ ޕްރޮމޯޝަން ބޯޑުގައި ބައިވެރިވުމާ،އެ ބޯޑަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ނިންމުންތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅައި ބޯޑުގެ ނިންމުންތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތައް ޤަވާއިދުން ފުރުވާ ބެލެހެއްޓުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޑިޕާޓްމަންޓާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ޔުނިވަރސިޓީގެ މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާ އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމާއި، ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޑިޕާޓްމަންޓްގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީ ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2020 މާރިޗު 18 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|