ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނޭ ކައުންސިލު ޤުރުއާން މުބާރާތް 1441 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ފިނޭގައި ކީރިތި ޤުރުއާން ތަޖްވީދުގެ ހަމަތަކުގެ މަތިން އުނގެނުމާއި ، އުނގަންނައިދިނުމުގައާއި، ތަރްތީލްކޮށް ކިޔެވުމުގެ ޤާބިލުކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ މަޤުޞަދުގައި

" ހދ ފިނޭ ކައުންސިލުގެ ޤުރުއާން މުބާރާތް 1441 " ނަމުގައި ޤުރުއާން ޤުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 މެއި 08 އަދި 09 ގައެވެ.

                   ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ  މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތައް، މުބާރާތުގެ މުޤައްރަރު އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާނެއެވެ.

                   ވީމާ ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 މާރިޗް 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  9:00 ން މެންދުރުފަހު 13:00 ދެމެދުގައެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލުގެ 6520027 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                   ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

ކައުންސިލު ޤުރުއާން މުބާރާތުގެ ޤަވާއިދު

  1. 1.    ތަޢާރަފް

މިއީ ހދ ފިނޭ ކައުންސިލުން އިސްނަގައިގެން، ހދ ފިނެއަށް އަމާޒުކޮށްގެން ބޭއްވޭ ކައުންސިލު ޤުރުއާން މުބާރާތެވެ.

  1. 2.    މި މުބާރާތުގެ ނަން

މި މުބާރާތުގެ ނަމަކީ " ކައުންސިލުގެ ޤުރުއާން މުބާރާތް 1441 "

  1. 3.    މުބާރާތުގެ މަޤުޞަދު

3.1    ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ޤުރުއާން ކލިޔެވުމުގެ ފަންނު އާލާކޮށް ދިރުވަން މަސައްކަތްކުރުން

3.2    ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުން

3.3    ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުކެއް އުފެއްދުން

3.4    ކީރިތި ޤުރުއާން ރައްކަތެރިކުރުމަށް ، މަސައްކަތް ކުރުން

3.5    ޤާރީންނާއި ހާފިޘުން އުފެއްދުމަށް މަސައްކަތް ކުރުން

3.6    އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ފެންވަރުގެ ދަރިން އުފެއްދުން.

3.7    ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމަށާއި އެކަމުގެ ރޫޙު އުފެއްދުން

3.8    ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ބާރު އެޅުން

  1. 4.    މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް

މި މުބާރާތުގައި ބައިވެރިވެވޭނީ ހދ.ފިނޭގައި ދިރިއުޅޭ ނުވަތަ ހދ.ފިނޭއަށް ނިސްބަތްވާ ދިވެހިންނަށްށެވެ.  

  1. 5.    މުބާރާތުގެ ބައިތައް

މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލާކިޔެވުމުގެ ބައެވެ.

ބަލައިގެން ކިޔެވުން ބެހިފައިވަނީ 04 ގޮތްޕަށެވެ. ނުބަލާ ކިޔެވުން ބެހިފައިވަނީ 06 ގޮތްޕަށެވެ.

 

ގޮފި

ބަލައިގެން ކިޔެވުން

ނުބަލާ ކިޔެވުން

3 އަހަރުން ދަށް( ޕްރީސުކޫލު)

-

ސޫރަތުލް ފާތިޙާ، ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤް އަދި ސޫރަތުލް ނާސް ( 4 ސޫރަތް)

ފައުންޑޭޝަން ސްޓޭޖް

-

ސޫރަތުލް ފީލް އިން ފެށިގެން ސޫރަތުލް ނާސް ގެ ނިޔަލަށް

 ( 8 ސޫރަތް)

9 އަހަރުން ދަށް

ޢައްމާ ފޮތް

ސޫރަތުލް ޟުޙާއިން ދަށް

9 އަހަރުން މަތި

ވިދި ވިދިގެން 5 ފޮތް

ވިދި ވިދިގެން 2 ފޮތް

ވިދި ވިދިގެން 10 ފޮތް

ވިދި ވިދިގެން 3 ފޮތް

ވިދި ވިދިގެން 20 ފޮތް

ވިދި ވިދިގެން 5 ފޮތް

 

 

 

  1. 6.    މުބާރާތް އިންތިޒާމްކުރާ ފަރާތް

މި މުބާރާތް އިންތިޒާމު ކުރަނީ ހދ ފިނޭ ކައުންސިލުގެ އިދާރާއިންނެވެ.

  1. 7.    މުބާރާތުގައި އިންސާފުކުރުން

މުބާރާތުގައި އިންސާފުކުރުމަށް ފަނޑިޔާރުން ކަނޑައަޅާނީ ހދ.ފިނޭ ކައުންސިލްގެ އިދާރާއިންނެވެ.

 

  1. 8.    މުބާރާތުގައި ހޮވާ ވަނަތައް
  2. ކޮންމެ ގޮތްޕަކުން 1،2،3 ވަނަ
  3. ބަލައިގެން ކިޔެވުމުން 1،2،3 ވަނަ
  4. ނުބަލާ ކިޔެވުމުން 1،2،3 ވަނަ
  5. މުބާރާތުން 1،2،3 ވަނަ
  6. 9.    މުބާރާތުގައި ވަނަ ހޮވުމުގައި އަމަލު ކުރާނެ ގޮތް
  • މުބާރަތުގައި ވަނަތައް  ހޮވާނީ ފަނޑިޔާރުން އެވެރެޖް މާރކްސް ތެރެއިން އެންމެމަތީ މާރކްސް ލިބުނު ފަރާތްރަކުގެ ތަރުތީބުންނެވެ.
  • 1 ވަނަ ހޮވާނީ  75 މާރކްސް އަށްވުރެ މަތީ މަރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބުނު ފަރާތެވެ.
  • 2 ވަނަ ހޮވާނީ 65 މާރކްސް އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަށް ހޮވުނު ފަރާތްފިޔަވައި ދެން އެންމެމަތީ މާރކްސް ލިބުނު ފަރާތެވެ.
  • 3 ވަނަ ހޮވާނީ 55 މާރކްސް އަށްވުރެ މަތީ މާރކްސް އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަދި 2 ވަނަ އަށް ހޮވުނު ފަރާތްފިޔަވައި ދެން އެންމެ މަތީ މާރކްސް ލިބުނު ފަރާތެވެ.
  • މުޅި މުބާރާތުގެ 1 ވަނަ  2 ވަނަ އަދި 3 ވަނަ ހޮވަނީ 75 މާރކްސް އަށްވުރެ މަތީން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާރކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުން ނެވެ. 
03 މާރިޗު 2020
ހޯދާ