ނޭކުރެންދޫ ޞިއްޙީ މަރުކަޒު، ހދ. ނޭކުރެންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

އިއުލާން

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް:

ހދ.ނޭކުރެންދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭތަން:

ހދ.ނޭކުރެންދޫ ޞިއްޙީމަރުކަޒު

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސަޕޯޓިން ކޯ އެލަވަންސް މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަރުކަޒަށް ލިބޭ ލިޔެކިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ މަޝްވަރާގެ މަތިން ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން
  2. މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ،މުވައްޒަފުންގެ ޗުއްޓީ ރެކޯރޑްސް ބެލެހެއްޓުމާއި މުވައްޒަފުންގެ ހާޟިރީ ކަންތައްތައް ބެލެހެއްޓުން
  3. ސެކްޝަނުގެ ވެރިން އަންގަވައި ގޮތެއްގެ މަތިން މަސައްކަތު މީހުންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން
  4. މަރުކަޒާއި މަރުކަޒުގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ މަރާމާތުގެ އެންމެހައި މަސައްކަތްތަކެއް ބެލެހެއްޓުން.
  5. މަރުކަޒުގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، ސެކްޝަންގެ ވެރިއެއްގެ ލަފަޔާއެކު އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. މީޓިންގ ރޫމްތަކާއި ވެރިންގެ ރޫމް އަދި މަރުކަޒުގެ ހުރިހާ ބައިތަކެއް ޤަވާއިދުން ސާފުކުރޭތޯ ބަލައި ޗެކުކުރުން.
  7. އޮފީހުން ބާއްވާ ޖަލްސާ ތަކާއި އެކިއެކި ރަސްމިއްޔާތުތައް ނުވަތަ ޙަފްލާތަކުގެ ލޮޖިސްޓިކްސް  އިންތިޒާމްތައް ހަމަޖެއްސުން.
  8. ސްޓޮކްގެ އެންމެހައި މަސައްކަތްތައް ކުރުން.
  9. އޮފީސް ޔައުމިއްޔާ ލިޔުމުގެ އެންމެހައި މަސައްކަތް ކުރުން
  10. އޮފީހުގެ ގިނަ ދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ  ގޮތުގެ މަތިން އަރުޝީފު ކުރުމާއި ނައްތާލުމުގެ މަސައްކަތް ކުރުން.
  11. ސެކްޝަނަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން
  12. ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން
  13. ފާހަގަ ކުރެވޭ ދުވަސްތަކާއި މުނާޞަބަތުތައް ފާހަގަ ކުރުމުގައި އޮފީހުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ) އަދި މަރުކަޒުގެ އޮފީހުން ރަސްމީ ދުވަސް ތަކުގައި ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ؛

      (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓަފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލު ކުރެވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 

      (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙަނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ؛

        (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ ތަޢުލީމް އަދި މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން).

2. މަސައްކަތުގެ ތަޖުރިބާ (މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ)

3. ލިބިފައިވާ ހުނަރު (އިންޓަރވިއު / ޕްރެކްޓިކަލްސް)

ނޯޓް: މަޤާމް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅަނީ 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނޭކުރެންދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ވަނަ އަހަރުގެ މާރޗް މަހު ނޭކުރެންދޫ ޞިއްޙީ މަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

  މި އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6520546 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

3 މާރޗް 2020

8 ރަޖަބު 1441

 

 

03 މާރިޗު 2020
ހޯދާ