މަޤާމު.
|
މަސައްކަތު
|
މަޤާމްގެ ނަންބަރު.
|
-
|
ބޭނުންވާ ޢަދަދު.
|
15(ފަނަރަ)
|
މަޤާމުގެ ގިންތި
|
މަސައްކަތު
|
މަޤާމުގެ ރޭންކް.
|
ވަގުތީ
|
މަޤާމުގެ ކްލެސިފިކޭޝަން.
|
ސަޕޯޓް ސަރވިސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން.
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ. އިހަވަންދޫ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.
|
މުނިސިޕަލް ސަރވިސް
|
މުސާރަ.
|
-/2200 ރުފިޔާ (ދެހާސް ދުއިސައްތަ ރުފިޔާ) މަހަކު
|
ސަރވިސް އެލަވަންސް.
|
-/500 (ފައްސަތޭކަ ރުފިޔާ) މަހަކު
|
އެހެނިހެން އެލަވަންސްތައް.
|
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
އިތުރު އިނާޔަތްތައް:
|
-
|
މަސައްކަތް ކުރަންޖެހޭގަޑި
|
- މަސައްކަތް ކުރަންޖެހޭ ގަޑި ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު 2 ގަޑިއިރު ކައުންސިލުން ކަޑައަޅާ ޝެޑިއުލާއި އެއްގޮތަށް.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.
|
- ރަށުގެ ބަދަރު ސަރަހައްދު ކުނިކަހައި ސާފު ކުރުމާއި ރަށުގެ ބަނދަރުގައި، ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފްކުރުން.
- ރަށުގެ މޫނުމަތީ ސަރަހައްދު ކުނިކަހައި ސާފު ކުރުމާއި މީހުން އިށީއިނުމަށް ހަދާފައި ހުންނަ ބުރުތަކާއި ފިނިއަށިތައް ސާފުކޮށް ބެލެހެއްޓުމާއި ކުޑަކުދިންގެ ޕާކް ސާފްކޮށް ބެލެހެއްޓުން .
- މަސްކަޑަތައްދޮވެ ސާފްކޮށް ބަލަހައްޓާތޯ ބެލުމާއި، މަހުބޮލާއި، ގޮހޮރާއި އަދި ކުނިވާ ޒާތުގެ ތަކެތި އެޅުމަށް އޮންނަ އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ހަމަޖެހިފައި އޮންނަ އުޞޫލުން މަސައްކަތް ކުރުން.
- އިޖްތިމާއީ ސަރަހައްދު ސާފް ކުރުމުން ނެގޭކުންޏާއި އަދި ރަށުގެ އެކިސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ހުންނަ ޑަސްބިންތައް ދުވަހުން ދުވަހަށް ނަގައި ކައުންސިލްގެ ރަށުޕިކަޕްގައި ހަމަޖެހިފައިވާ އުޞޫލުން ކުނިގޮނޑަށް ގެންދިއުމާއި އެތަކެތި ދޮވެ ޑަސްބިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ބެހެއްޓުން.
- ސަރުކާރާއި ރައްޔިތުންގެ އިމާރާތް ތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނުގެ ގޯތި ކުނިކަހައި ސާފު ކުރުމާއި ގޯތި ތެރޭގައި ހުންނަ ގަސްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތުގެ މަތިން ބެލެހެއްޓުމާއި އެފަދަ ތަންތަނުގައި ބަގީޗާ ހެއްދުމާއި އަދި އެފަދަ ގޯތިތަކާއި އިންވެގެން އޮންނަ މަގުތަކުން ސާފު ކުރަންޖެހޭބައި ސާފްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ނަމުގައި ހެދިފައިވާ ޕާކްތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މަސައްކަތު މީހުން ނެތި ބަލަހައްޓަންޖެހޭ ސަރުކާރާއި (ރައްޔިތުންގެ ގޯތިތައް) ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
- ރަށުގެ މަގުތައް ކުނިކަހައި ސާފުކުރުމާއި މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރަށުގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތީގެ ކައިރީގައި ބަހައްޓަންޖެހޭ ބޯޑް ބެހެއްޓުމާއި ޤަވާއިދާއި ޚިލާފަށް ރަށުގެ ވަލަށާއި، އެނޫން ސަރަޙައްދުތަކަށް ކުނިއަޅާ މީހުންގެ މަޢުލޫމާތުތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުމާއި، އަދި ވަގުތީ އޮޑިހަރުގެ ތަކުގައި ކުރާ މަސައްކަތްތައް ކުރަމުން ގެންދަނީ އެގްރިމެންޓާއި އެއްގޮތަށްތޯބަލައި، ހަމަނޫން މަގުން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓުވަން މަސައްކަތް ކުރުން.
- އެކި ރަސްމިއްޔާތާއި މުނާސަބަތުތައް ،އަދި ސަރުކާރުގެ ޓީމުތަކާއި ދިވެހި ދައުލަތުގެ މަތީދަރަޖައިގެ ވެރިންނާއި ބޭރު ޤައުމުތަކުގެ ޑިޕޮލަމެޓީކުން ވަޑައިގެންނެވުމަށް ހަމަޖެހުމުން އެފަދަ ކަންކަމާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން އިދާރާއަށް އެހީތެރިވެދީ އެފަދަ މަސައްކަތުގައި ޙަރަކާތްތެރިވުން.
- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ޚާއްސަގޮތެއްގައި ޙަވާލުކުރެވޭ އާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތް ތަކުގައާއި ކުއްލި ގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައް ތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާ ތެރިކަމާއެކު ބަރާބަރަށް އެމަސައްކަތްތައް ކުރުން
|
ޝަރުޠު
|
- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.
|
ހުށައަޅަންޖެހޭ ލިޔުންތައް.
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިޓީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާޗް 09 ވާ ހޯމަ ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 މާޗް 11 ވާ ބުދަ ދުވަހާއި 2020 މާޗް 17 ވާ އަންގާރަ ދުވަހާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
ޝޯޓް ލިސްޓްކުރުން.
|
މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މައުލޫމާތު.
|
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.
|