ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހައުސްކީޕަރ މަޤާމަށް މުވައްޒަފުން ހޯދުމަށް

މަޤާމު

ހައުސްކީޕަރ

މަޤާމުގެ ނަންބަރު

J-310982

ބޭނުންވާ އަދަދު

01 (އެކެއް) - އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 4

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން

ޔުނިޓް

ޖެނެރަލް އެޑްމިން

މަޤާމު އޮތް އޮފީސް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މުސާރަ

-/4340 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 1200/- ރުފިޔާ އެވެ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސްޕައިޒްކޮށް ބެލެހެއްޓުން.
  2. ހައުސްކީޕިންހެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ ހުރރިހާ މުވައްޒިފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް  މުވައްޒިފުންނަށް ފެންނަ ހިސާބުގައި ބެހެއްޓުން.
  3. ހޮސްޕިޓަލް ފޮޅާ ސާފުކުރުމަށް ހަވާލުވެފައިވާ ފަރާތުގެ މަސައްކަތް ހިގާ ނުހިގާގޮތްބަލާ އެފަރާތާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބެލުން.
  4. ހޮސްޕިޓަލުގައި ބޭނުންކުރާ ހުރިހާ ފާހާނާތަކުގައި ބޭނުންކުރާ އެންމެހައި ތަކެތި ސާފުކުރުމަށް ކަޑައެޅިފައިވާ ގޮތަށް ސާފުކުރެވޭތޯ ބަލާ ޗެކް ކުރުން.
  5. ޕްރައިވެޓް ވޯޑްތަކުގެ ހާލަތު ކޮންމެ ދުވަހަކު ޗެކްކުރުން.
  6. މަސައްކަތަށް ބޭނުންވާ އެންމެހައިތަކެތި ސްޓޮކުންހޯދާ މަސައްކަތްކުރާ ފަރާތްތަކާއި ހަވާލްކުރުން، އަދި އެފަދަތަކެތި ހެޔޮގޮތުގައި ބޭނުން ކުރެވޭތޯ ބެލުން.
  7. ލޯންޑްރީއަށް ދޮންނަންގެންދާ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތީގެ ރެކޯޑްސް ރަނގަޅަށް ބެލެހެއްޓޭނެ ގޮތް ހަމަޖެއްސުން.
  8. މުވައްޒަފުން މަސައްކަތް ކުރުމުގައި އިންސްޕެކްޝަނުން ރައްކާތެރިވެތިބުމަށް ބޭޏުންވާ އެންމެހައިހައި ތަކެތި ހޯދާދިނުން.
  9. ބެޑްޝީޓް ބާލީސް، ބާލިހުއުރަ ހޮސްޕިޓަލުން ދޭހިދުމަތަށް ދަތިނުވާގޮތުގެ މަތިން ލިބޭނެގޮތް ހަމަޖެއްސުން.
  10. ހޮސްޕިޓަލުގެ ބަލިމީހުން ބަލާކޮޓަރިތައް ކޮންމެ ދުވަހަކު ހެދުނު 9 ގެ ކުރިން ޗެކްކުރުން.
  11. ހޮސްޕިޓަލުގެ ވޯޑްތަކުގައާއި ހޮސްޕިޓަލުގެ ތެރޭގައި ބަލިމީހުންނާއި އެހީތެރިން އިށީންނަގޮނޑި ފަދަ ތަކެތީގެ ހާލަތު ބަލާ ޗެކްކޮށް މައްސަލަ ހުންނަ ތަކެތި ރަނގަޅު ކުރުވާ މީހުންނަށް ގެއްލުމެއް ލިބޭފަދަތަކެތި ބަދަލު ކުރުވުން.
  12. ލޯންޑްރީގެ މެޝިންތައް ޤަވާއިދުން ސާފުކުރުވާ މެއިންޓަނަންސް ކުރޭތޯ ބެލުން.
  13. ހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ފާރުތައް ރީތިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ބަލަހައްޓާ އެމަސައްކަތް ކުރުވުން.
  14. ހޮސްޕިޓަލުގައި އުފެދޭ ކުނިނައްތާލުމުގެ ޕްރޮސީޖަރ ރަނގަޅަށް ބަލާ އެގޮތަށް ކުނިނެއްތުމުގެ މަސައްކަތް ހިންގުން.
  15. ހޮސްޕިޓަލުގެ ޚިދުމަތަށް އެދިގެން އަންނަ ފަރާތްތަކަށް ސާފުބޯފެން ހޯދައިދިނުން.
  16. ހައުސްކީޕިންގެ މަސައްކަތް ބަހައްޓާނެ ފެންވަރާއި މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު އެގޭނެފަދަ ތަފްސީލީ ނިޒާމެއް ޤާއިމުކުރުން.  
  17. ސްޕަވައިޒްކުރާ މުވައްޒަފުން ސިވިލް ސަރވިސްގެ ޤަވާއިދަށް އަހުލުވެރިކުރުވުމާއި، މުވައްޒަފުން ހޭލުންތެރި ކުރުވުމުގައި ކުރަން ޖެހޭ މަސައްކަތްތައް ހިއުމަން ރިސޯސަސް އާއި ގުޅިގެން ކުރިއަށް ގެންދިއުން
  18. ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދިނުމުގެ ކަންތައް ބެލެހެއްޓުމާއި ،ގަސްތައްކޮށުވާ، އަދިގަސް އިންދުމުގެ މަސައްކަތް ސްޕަވައިޒްކުރުން.
  19. ހޮސްޕިޓަލަށް ތަންތަން ކުއްޔަށްހިފާ ހާލަތްތަކުގައި އެތަންތަނުގެ ކަންތައްތައް ބެލެހެއްޓުން.
  20. ހޮސްޕިޓަލުގެ ރެސިޑެންސް އިމާރާތުގައި ތިއްބަވާ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ބަދަލުވާއިރު، އެތަންތަން ޗެކްކޮށްމަދުވާ ތަކެތި ހަމަކުރުމާއި އެތަންސާފުކުރުވުން.
  21. ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް އަންނަ  ބިދޭސީމުވައްޒަފުންގެ އެކަމަޑޭޝަންކަންތައް ހަމަޖެއްސުމުގައި އެހީތެރިވުން
  22. ޗުއްޓީގައާއި، އެހެނިހެން ބޭނުންތަކުގައި މާލެއިން އަންނަފަރާތްތައް ހޮސްޕިޓަލަށް ގެނައުމާ، އެބުރިމާލެދުރުވާފަރާތްތަށް މާލެ ފުރުވުމުގެ ކަންތައްތައް ހަމަޖެއްސުން.
  23. ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނާއި، ޓީމްތަކުގެ އެކަމަޑޭޝަން އަދި ފަރިއްކޮޅު ކަންތައްތައްއޮފީހުގެ މަޝްވަރާގެމަތިން ހަމަޖެއްސުން.
  24. މުވައްޒަފަކު ޗުއްޓީނަގާ ޙާލަތުގައި ޙަވާލުކުރެވޭ އެމުވައްޒަފެއްގެ މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް

ގްރޭޑް 7 ނިންމާފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޮޅާސާފުކުރުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރިޗު 2020 އާއި 29 މާރިޗު 2020 އާ ދެމެދު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2020
ހޯދާ