އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅުގެ 8 ރަށުގެ ކައުންސިލް އިދާރާގައި ސޯލާ ސިސްޓަމް ޤާއިމްކުރުން

މި އަތޮޅުގެ 8 ރަށުގެ ރަށު ކައުންސިލް އިދާރާގައި، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، ސޯލާ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

މި މަސައްކަތަށް ޝައުޤްވެރިވާ އަދި ޝަރުޠުހަމަވާ، ދިވެހި ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި -/10,000ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މަސައްކަތުގެ މަޢުލޫމާތު، މި އިޢުލާނާއެކު އެވަނީ އެވެ. މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2020 މާރޗް 05 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އެކަމެއް އީމެލް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2020 މާރޗް 05 ވަނަ ދުވަހުގެ 14:00ގެ ކުރިން، ނަންނޯޓް ކުރެއްވުމަށް [email protected] އީމެއިލަކުން ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް އީމެއިލުން ފޮނުވައިދެވޭނެ އެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 2020 މާރޗް 15 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި، ލިޔަންވާނެ އެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ، 2020 މާރޗް 15 ވަނަ ދުވަހުގެ 13:35ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

26 ފެބުރުވަރީ 2020
ހޯދާ