ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ ޞިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ހިރިމަރަދޫ ޞިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓު ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެގެން ކުރެވުން ނަންބަރ (IUL)KRH-PLD/2020/05 (9 ފެބްރުއަރީ 2020) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ކެންސަލް ކޮށް އަލުން އިޢުލާނު ކުރަމެވެ.   

ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ނުވަތަ ހިރިމަރަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

 

  • ·         މައުލޫމާތު ސާފުކުރުން

2 މާރޗް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

  • ·         ޕްރޮޕޯސަލް ހުށަހެޅުން

9 މާރޗް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6528180 އަށް ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2020
ހޯދާ