ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކޮލަމާފުށީގެ އެކި ސަރަހައްދުތަކުގައި މުދާބަހައްޓައިގެން ވިޔަފާރިކުރުމާއިބެހޭ

އިޢުލާން

ގއ ކޮލަމާފުށީގެ އެކި ސަރަހައްދުތަކުގައި މުދާބަހައްޓައިގެން ވިޔަފާރިކުރުމާއިބެހޭ

                      ގއ ކޮލަމާފުށީ އެކިސަރަހައްދުތަކުގައި ގާޑިޔާ ނުވަތަ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަޤުޞަދުގައި "ގއ ކޮލަމާފުށީގެ އެކިސަރަހައްދުތަކުގައި މުދާބަހައްޓައިގެން  ވިޔަފާރިކުރުމާއިބެހޭ އުސޫލު" ގެ ނަމުގައި ތައްޔާރުކޮށްފައިވާ އުސޫލު، ކައުންސިލްގެ 06/2020 ވަނަ އާއްމު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ. އަދި 2020 ފެބުރުވަރީ 24 ވަނަދުވަހު ގެޒެޓްކުރެވިފައިވާ، މިއުސޫލާއި އެއްގޮތަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

                      ވީމާ، މިއަދުން ފެށިގެން މިބާވަތުގެ ވިޔަފާރިކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ކައުންސިލްގެ ހުއްދަލިބިގެން ވިޔަފާރިކުރެއްވުމަށް ވެސް ދަންނަވަމެވެ. އަދި މިގޮތަށް ޢަމަލު ނުކުރައްވާ ފަރާތްތަކާއިމެދު  އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820017 / 9992846 ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 ފެބުރުވަރީ 2020
ހޯދާ