ދިވެހިރާއްޖެ
ނަންބަރ: A)AD-2020/100)
އިޢުލާނު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މިކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ބިޑް ސެކިޔުރިޓީ އަދަދު |
38/2020/W-009 |
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން |
-/17,000 ރުފިޔާ |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2020ފެބުރުވަރީ 29 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 2020މާރިޗް 01 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން(ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
28 ޖުމާދަލްއާޚިރާ 1441