ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ނަންބަރު: AIA-HR/ADM/IL/2020/0007
ސެކިއުރިޓީ ގާރޑް
ބޭނުންވާ އަދަދު: 03
- · މުސާރަ: މުސާރަ: 4،480ރުފިޔާ ( އަސާސީ މުސާރައިގެ އިތރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.)
މަޤާމުގެ ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.
- އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދު މީހެއް ކަމުގައިވުން
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- އެކަނި މަސައްކަތް ކުރެވޭފަދަ މީހެއްކަމުގައިވުން.
- މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރުގެ ސިއްހަތެއް ލިބިފފައިވާ މީހަކު ކަމުގައިވުން.
- ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ގަމުގެ އެންމެހައި ސަރަހައްދާއި އިމާރާއްތަކާއި ވެހިކަލްތަކާއި ގަސްގަހާގެހި އެހެނިހެންވެސް ތަކެއްޗަށް ބަޔަކު ގެއްލުމެއް ދީފާނެކަމަށް ބަލައި ފަރުވާތެރިވެހުރުން.
- އެއްވެސް މުދަލެއް ވަގަށް ގެންދިއުން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފާނެކަމަށް ފެނިއްޖެނަމަ އިސްފަރާތްތަކަށް އެންގުން.
- އެޑްމިން އޮފީހުގެ ދިދަ ނެގުމާ ދިދަ ބޭލުން.
- ރަށުތެރެ ޕެޓްރޯލް ކުރުން (ޕެޓްރޯލް ކުރަން ހަމަޖެހިފައިވާ އުސޫލުން ގަޑިއަކު އެއްފަހަރު ޕެޓްރޯލް ކުރުމަށްފަހު ޑިއުޓީ ސަރަހައްދަށް އެނބުރި ދިއުން).
- ބަލަހައްޓާ އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.
- ތަނުގައި ދިމާވާ މައްސަލަތައް ޤަވާއިދުން ހިނދުން ހިނދަށް، ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
- ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
- ޗެކް ޕޯސްޓް ތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގޮތަށް ދަނޑި ތިރިކޮށް އެރުވުން).
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 27 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިޓް ކުރެވޭ ފަރާތްތަކަށެވެ.