އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލޭބަރަރ، ޖެނެރަލް ވޯކްސް
ވަޒީފާގެ ފުރުސަތު
ނަންބަރު: AIA-HR/ADM/IL/2020/008
ލޭބަރަރ، ޖެނެރަލް ވޯކްސް
ބޭނުންވާ އަދަދު: 05
- · މުސާރަ:4،480/- ރުފިޔާ ( އަސާސީ މުސާރައިގެ އިތރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.)
މަޤާމުގެ ޝަރުޠު:
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
- އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- އެއަރޕޯޓް އިމާރާތްތަކާއި ވަޒީލަތްތައް ދަމަހަށްޓާ މަރާމަތުކުރުން.
- ވިނަކޮށައި، ކުނިކަހައި ފަތް ނަގައި ގަމުގެ އެކި ސަރަހަށްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
- ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ގަމުގެ އިމާތާރްތަކާއި ވަސީލަތްތައް ދަމަހައްޓައި ސާފުކުރުން.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 27 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
20 ފެބުރުވަރީ 2020
ހޯދާ