ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ޤުރުއާން އޮޑިޝަން ހޯސްޓްކުރުމާއި ބެހޭ

އިޢުލާން

ހަނިމާދޫ ކައުންސިލްގެ ޤުރުއާން އޮޑިޝަން  ހޯސްޓްކުރުމާއިބެހޭ

           1441 ވަނަ އަހަރުގެ ހދ.އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރާ ހަނިމާދޫ ކައުންސިލުން  ޓީމް ކަނޑައެޅުމަށްޓަކައި ހަނިމާދޫ ކައުންސިލުން ބާއްވާ ޤުރުއާން އޮޑިޝަން، 2020 ވަނަ އަހަރުގެ މާރޗް  06 އިން 07 އަށް ބޭއްވުމަށް ނިންމާފައިވާތީ، މި އޮޑިޝަން ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

            ޤުރުއާން އޮޑިޝަން ހޯސްޓްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2020 ފެބްރުއަރީ 19 އިން 2020 ފެބްރުއަރީ 24 ވަނަ ދުވަހުގެ 10:00 އާއިހަމައަށް ނަން ނޯޓް ކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓް ކުރުމުގެ އިންތިޒާމް ހަނިމާދޫ ކައުންސިލްގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނަންނޯޓް ކުރާފަރާތްތަކަށް ހަނިމާދޫ ކައުންސިލްގެ ޤުރުއާން އޮޑިޝަން  ހޯސްޓްކުރުމާއިބެހޭ މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

             ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ  24 ވާ ހޯމަދުވަހުގެ 13:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ. މިކަމަށްއެދި ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާ ތަކަށެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  24 ޖުމާދުލްއާޚިރާ  1441

                  18  ފެބްރުއަރީ   2020

18 ފެބުރުވަރީ 2020
ހޯދާ