ދިވެހިރާއްޖެ
އިންޓާރން (ވަގުތީ މުވައްޒަފުން) ހޯދުމަށް
މަޤާމު: އިންޓާރން (ވަގުތީ މުވައްޒަފުން)
މުއްދަތު: 7 މަސްދުވަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެ
އަދަދު : 18
ތައުލީމީ ފެންވަރާއި ތަޖުރިބާ:
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، 18 އަހަރު ފުރިފައިވުން.
މައިގަނޑު މަސައްކަތްތައް:
- މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިންމެންޓް ސެކްޝަނާއި ގުޅޭ މަސައްކަތްތައް ކުރުން.
- މިމިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަނުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ޖޮބް މެޗިންގ އާއި ބެހޭ މަސައްކަތް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އުޖޫރަ: ގަޑި އިރަކަށް -/20 ރުފިޔާ
ހުށަހަޅަންޖެހޭ ތަކެތި:މަޤާމަށް އެދި ފޮނުވާ ސިޓީ، ވަނަވަރު، ތަޢުލީމާ ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.