މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ ދޮރު، ކުޑަދޮރު އަދި ޕާޓީޝަން ގަތުމަށް

އިޢުލާން

މޯލްޑިވް ގޭސް ޕވޓ ލޓޑ އިން މިކުންފުނިން ފޯރުކޮށްދޭ ކުރެހުމާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އާއި އެއްގޮތަށް ދޮރު، ކުޑަދޮރު އަދި ޕާޓީޝަން ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް  04 ފެބްރުއަރީ 2020 ގައި ކުރެވުނު އިޢުލާން (އިޢުލާން ނަންބަރ MGPL-I/PD/2020/04) އާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބް ހުށަހަޅާފައި ނުވާތީވެ މި އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާާއި އެއްގޮތްވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:30 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

04 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:30 އަށް

ނޯޓް:

  • އަގު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ ނަންބަރު 3335614 އަށް ގުޅުއްވުން އެދެމެވެ.

 

19 ފެބްރުއަރީ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

19 ފެބުރުވަރީ 2020
ހޯދާ