މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) ލިމިޓެޑް ގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. 

 

މަޤާމް

   އޮފީސް އެސިސްޓެންޓް (މަސައްކަތު)

ބޭނުންވާ އަދަދު

   1

ވަޒީފާގެ މަސްއޫލިއްޔަތު

  • އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • މަސައްކަތު ކޮންމެ ދުވަހަކު އޮފީސް ކުނިކަހައި ފޮޅައި ސާފުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
  • އޮފީހުގައި ބާއްވާ އެކިއެކި މީޓިންގތަކަށް ކޮފީތައްޔާރުމާއި މީޓިންގ ނިމުމުން ތަށިތައް ނެރެ ވަގުތުން މީޓިންގ ރޫމް ސާފުކުރުން.
  • އޮފީހުގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ

  • ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން ސާބިތުކޮށްދިނުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް

  • 6000ރ އާއި 8500ރ އާއި ދެމެދު

 

މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.

ހުށަހަޅަންޖެހޭ ތަކެތި

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.
  • އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 16:00–08:00 ދެމެދު 3316362 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅަންވީ ތަން

 

   ހ.އޯކިޑް، 9A

   އަމީރް އަހްމަދު މަގު

   މާލެ، ދިވެހިރާއްޖެ

18 ފެބުރުވަރީ 2020
ހޯދާ