މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާހާނާތަކުގެ ދޮރާއި ދޮރުފަތް ފައިބަރއަށް ބަދަލްކުރުން

  1. މަދްރަސަތުލް އިފްތިތާހުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރާއި ދޮރުފަތް ފައިބަރ އަށް ބަދަލު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުއަރީ 19 ން 23 ފެބްރުއަރީ 2020 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިމަދްރަސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބްރުއަރީ 25 ވާ އަންގާރަ ދުވަހުގެ 13:00 ގައި  މިމަދްރަސާގެ މީޓިންގރޫމްގައެވެ.
  5. ބީލަންތައް ފޮނުވާނީ 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިމަދްރަސާއަށެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
  7. މިއީ މިމަސައްކަތަށް ކުރެވޭ 03 ވަނަ އިއުލާނެވެ.
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  10. މިމަސައްކަތް ކުރުމަށް ކުރެވުނު ނަމްބަރ  IUL)GS-51-Dpt-101/INDIV/2020/4) އިއުލާނާއި ގުޅިގެން ލިބިފައިވާ އެސްޓިމޭޓް ތަކުގެ އަގުތައް ބޮޑުކަމުން އެއިއުލާނު ބާތިލް ވީއެވެ.
  • މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ފޯން: 6620288،6620291
  • އީމެއިލް: [email protected]
17 ފެބުރުވަރީ 2020
ހޯދާ