މަޤާމް
|
އެސިސްޓެންޓް އޮފިސަރ
|
އަސާސީ މުސާރަ
|
-/5,500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2,500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އޭއެސް 7
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް އެންޑް ރެވެނިއު
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޯޕަރޭޝަނަށް ލިބޭ އާމްދަނީ ފައިސާ ޤަވާއިދުން ބަލައިގަތުން.
- ދުވަހުން ދުވަހަށް ލިބޭ ފައިސާ އެދުވަހެއް ނިމުމުން ކަނޑައެޅިފައިވާ ފަރާތާއި ހަވާލުކުރުން.
- ކްރެޑިޓަށްދެވޭ ޚިދުމަތްތަކަށް ބިލް ހަދަންޖެހިއްޖެ ހާލަތެއްގައި ބިލްހަދާ ޙަވާލުކުރުން.
- އިޝްތިހާރުފޯމްތައް އެންޓްރީކުރުން (ކޭޝް ޕޭމެންޓްތަކުގެ).
- ކޮންމެ ދުވަހެއް ނިމުމުން ފައިސާގެ ރަސީދު ޕްރިންޓްނަގައި ޕެއިޑް ތަތްގަނޑު ޖެހުމަށްފަހު ފައިލްކުރުން.
- ފައިސާ ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުން.
- ކޮންމެ މަހެއް ނިމުމުން އެމަހެއްގައި ފައިސާހޯދުމަށް ކުރެވުނު މަސައްކަތުގެ ރިޕޯޓެއް ތައްޔާރުކުރުން.
- މީގެ އިތުރުން ޑިޕާރޓްމަންޓް ހެޑް ނުވަތަ ސްޕަވައިޒަރު އެވަގުތަކު ހަވާލުކުރާ ޑިޕާރޓްމަންޓްގެ މަސައްކަތްތަށްކުރުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
ޕޮލިސް ރިޕޯރޓް
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2020 ފެބުރުވަރީ 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|