މަޤާމް
|
ސީނިއަރ މާރކެޓް ރިސާރޗް އެންޑް ޕްލޭނިންގ އެގްޒެކްޓިވް
|
އަސާސީ މުސާރަ
|
-/8,150ރުފިޔާ
|
އެލަވަންސްތައް:
|
-/3,000ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 3
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ސޭލްސް އެންޑް މާރކެޓިންގ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މާރކެޓްގައި ކުންފުނީގެ ޕޮޒިޝަން ދެނެގަތުމަށް ހަދަންޖެހޭ ރިސާރޗްތައް ރާވާ ހިންގާ، ފައިންޑިންގްސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން
- ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދުމަށް ހަދަންޖެހޭ އެންމެހާ ރިސާރޗް ހެދުމާއި މި ފައިންޑިންގްސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް ރިވިއު ކުރުން
- ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިންޓަނަލް ރިސާރޗް ހެދުމާއި ކޯސްޓް އިފެކްޓިވް އޮޕަރޭޝަންއަކަށް ދިޔުމަށް ކުރަންޖެހޭ ކަންތައްތައް ހޯދާ މިކަމާއިބެހޭ ރިޕޯޓް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުން
- ކުންފުނީގެ ފަރާތުން ހަދަންޖެހޭ އެހެނިހެން ޕްލޭންތަކާއި ރިސާރޗް ތައް ހެދުމާއި މިކަމާއި ގުޅިގެން ހަދަންޖެހޭ ޕްރެޒެންޓޭޝަންތައް ހެދުން
- ކުންފުނީގެ އިމޭޖް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތައް ޕްލެންކޮށް ކަމާއިގުލުންހުރި ފަރާތްތަކާއި ހިއްސާކޮށް މި ކަން އިމްޕްލިމެންޓް ކުރުމުގެ އެންމެހާ މަސައްކަތްކުރުން
- ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- މިމަގާމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތަތަކާއި ގުޅިގެން ކުރެވޭ މުހިންމު ކޮމިއުނިކޭޝަންތަކުގެ ރެކޯޑް ބަލަހައްޓާ ފައިލްކުރަންޖެހޭ އެންމެހާ ޑޮކިއުމަންޓްތައް ގަވާއިދުން ފައިލްކުރުން
- ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ހަވާލުވާ މަސައްކަތައް ކުރުން.
- ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓްގެ ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
- މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯރޓް
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2020 ފެބުރުވަރީ 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|