ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާއިބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނުގައި ބަޔާންކުރާ 2020 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން 2020 ފެބްރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގެ ލައިބްރަރީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރު ރިޕޯޓާއި މާލި ރިޕޯޓް އަދި ލޭންޑް ޔޫސް ޕަލޭންގެ
އިތުރުން ކުރިއަށް ރޭވިފައިވާ ކަންކަންމުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރެވޭނެއެވެ.
ވީމާ، މި ބައްދަލުވުމަށް ވީހައިގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންދެއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގެމަށްޓައި އިޢުލާން ކުރީމެވެ.
16 ފެބުރުވަރީ 2020
ހޯދާ