ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގެ ސެކިޔުރިޓީ ބެލެހެއްޓުން

  •  ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގެ ސެކިޔުރިޓީ ބެލެހެއްޓުން.

                   މި ކޯޓްގެ އިމާރާތާއި އިމާރާތް ހިމެނޭ ގޯތީގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް  ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި މި ކޯޓުން ކުރި ނަންބަރު: B13MC/IUL/2020/01 (06 ޖެނުއަރީ 2020) އިޢްލާން ބާޠިލްކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާންކުރަމެވެ.

         މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ފެބުރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، މި ކޯޓްގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ.

         މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމާއި،އަންދާސީ ހިސާބު ހުޅުވުން އޮންނާނީ،27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގައެވެ.

         މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރުއާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރީގެ ރަޖިސްޓްރީ، އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.

         ސެކިޔުރިޓީ ބަލަހައްޓަންޖެހޭނީ ރަސްމީ ދުވަސްތަކު ހަވީރު: 16:00 އިން ހެނދުނު 08:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 (ސައުވީސް) ގަޑީއިރުއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޯޓަށް ދުރުވެ ކަނޑައެޅިފައިވާ ތާރީޚްގައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ސީޓްގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މި މަސައްކަތުގެ މައުލޫމާތު ކަރުދާސް، މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދެވޭނެވެ.

          އިތުރު މައުލޫމާތު މިކޯޓްގެ ނަންބަރު:6528843 ނަންބަރާއި ގުޅުއްވުމުން ލިބިލައްވާނެއެވެ.

                   22 ޖުމާދަލްއާޚިރާ 1441

                   16 ފެބުރުއަރީ 2020

16 ފެބުރުވަރީ 2020
ހޯދާ