ދިވެހިރާއްޖެ
ނަންބަރު: A)CB-2020/96)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020
ރާއްޖެއިންބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން
2020 އެޕްރީލު 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2020 ފެބުރުވަރީ 16 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަމަޖެހިފައި ހުންނާނެއެވެ.
# |
ޤައުމު |
ފޯމު ބަލައި ގަންނަ ތަން |
ފޯމު ބަލައިގަންނަ ދުވަސްތައް |
ފޯމު ބަލައިގަންނަ ވަގުތު |
1 |
އިންޑިޔާ/ ޓްރިވެންޑްރަމް |
ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީސް |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
2 |
އިންޑިޔާ/ ނިއުދިއްލީ |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
3 |
ސްރީލަންކާ/ ކޮލޮމްބޯ |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
9:30 އިން 15:30 އަށް |
4 |
މެލޭޝިއާ/ ކުއަލަލަމްޕޫރް |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
5 |
އިނގިރޭސިވިލާތް/ ލަންޑަން |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 16:00 އަށް |
6 |
ސިންގަޕޫރު |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 16:00 އަށް |
7 |
ތައިލެންޑް |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
09:00 އިން 14:00 އަށް |
8 |
ބަންގްލަދޭޝް |
ދިވެހިރާއްޖޭގެ ހައިކޮމިޝަން |
އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް |
10:00 އިން 15:00 އަށް |
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ޞިނާޢީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ. ދާއިމީ އެޑްރެސް ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
22 ޖުމާދަލްއާޚިރު 1441