ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ސްކޫލުގައި ދިމާވަމުންދާ ކަރަންޓް މައްސަލަ ހައްލުކުރުން.

 

        މި ސްކޫލުގައި 3 ހައުސްމީޓަރަކުން ކަރަންޓް ދެމުންދާއިރުވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި މޭން ބްރޭކަރ އަނދާ ނަރުތަކު ރޯވެ ނުރައްކާ ވަމުންދާތީ ސްޓެލްކޯ ހިމަންދޫ އިންޖީންގެއަށް ހުށަހަޅާ އެފަރާތުގެ އެދުމުގެ މަތިން ސީދާ ސްޓެލްކޯއިން ވަފުދެއް އައިސް މައްސަލަތައް ބަލައި ރިޕޯޓެއް ވަނީ މިސްކޫލަށް ހުށަހަޅާފައެވެ. މި ރިޕޯޓާ އެއްގޮތަށް މިސްކޫލުގެ ކަރަންޓް އިޞްލާޙް ކުރަން ޖެހިފައިވެއެވެ.

        ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުންފެށިގެން ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ސްކޫލަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުއަރީ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވުމަށް ދަންނަވަމެވެ.  މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2020
ހޯދާ