ދިވެހިރާއްޖެ
ނަންބަރު: A)AB-2020/56)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް |
|
މިކޮމިޝަނުގެ ނަންބަރު: A)AB/2020/30) އިޢުލާނާ ގުޅިގެން އޮފިސަރ (ޖީ.އެސް 3) މަޤާމަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިނުވާތީ، މިމަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. |
|
މަޤާމް: |
އޮފިސަރ (ޖީ.އެސް 3) |
ބޭނުންވާ ޢަދަދު: |
17 (ސަތާރަ) |
ސެކްޝަން: |
އިލެކްޓޯރަލް ރަޖިސްޓްރޭޝަން ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު 1500.00 (ފަނަރަ ސަތޭކަ ރުފިޔާ) |
ދުވަހު އެލަވަންސް: |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155.00 (ސަތޭކަ ފަންސާސް ފަސްރުފިޔާ) |
އިތުރު ގަޑި ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
މަސައްކަތުގެ ވަގުތު: |
އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
|
|
|
އެހެނިހެން ޝަރުތު: |
|
|
މަސްއޫލިއްޔަތު: |
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުން ޙަވާލުކުރާ މަސައްކަތްތައް ކުރުން:- - އެއްފޮށްޓަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ގެތައް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ބައިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. - ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލާ މީހުން ރަޖިސްޓަރީ ކުރުމަށް ހުޅުވުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުމާއި އަދި ޕްރިންޓްކޮށް ޗެކްކުރުން. - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ މަސައްކަތްތައް ކުރުން. - މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
މާކްސް ދިނުމުގައި ބަލާނެ މިންގަނޑު |
|
ބައިތައް |
މާކްސް |
ތަޢުލީމާއި ތަމްރީނު |
40 |
މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު) |
15 |
މަސައްކަތުގެ ތަޖުރިބާ (އާންމު) |
10 |
އިންޓަވިޔު |
30 |
ޢަމަލީ ޓެސްޓު |
15 |
ޖުމުލަ |
100 |
ޝޯޓްލިސްޓު ކުރެވޭގޮތް:
- ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މި ގިންތީގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.
21 ޖުމާދަލްއާޚިރާ 1441