ދިވެހިރާއްޖެ
ނަންބަރ: A)AD-2020/94)
އިޢުލާނު
އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ބިބްސްސަޕްލައިކޮށްދޭނެފަރާތެއް ހޯދުން
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ބިބްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ބިޑް ސެކިއުރިޓީ |
38/2020/G-015 |
އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއި އެއްގޮތަށް މުވައްޒަފުންގެ އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ބިބްސް ސަޕްލައިކުރުން |
-/17,000 ރުފިޔާ |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2020ފެބުރުވަރީ 19 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 2020ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
20 ޖުމާދަލްލްއާޚިރާ 144