ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ޙާފިޠަކު ހޯދުން

1441 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ޙާފިޘަކު ހޯދުން

1441 ވަނަ އަހަރުގެ ރަމަޟާން މަހު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ" މަސްޖިދުލް ތަޢުބާ" ގައި އިމާމުވެ ހިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ މި އިދާރާއަށް ޙާޟިރުވެ ނުވަތަ މިއިދާރާގެ މެއިލް [email protected]  މެދުވެރިކޮށެވެ.

  ރާއްޖެއިން ބޭރުގެ ޙާފިޘަކުނަމަ

  • ފުލައިޓްގެ ދެކޮޅު ޓިކެޓުގެ އަގު
  • ދަތުރު ޚަރަދު ރާއްޖެއާއި ރާއްޖޭން ބޭރުގެ ދަތުރުތައް ހިމެނޭ ގޮތަށް  
  • މާލޭގައި ހުރުމާއި ކެއުމުގެ ހަރަދު
  • ޙާފިޘަށް ދޭ އެލަވަންސް
  • މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަކާއި، އިންޝުއަރެންސް ކުރުމުގެ އަގު
  • ހަނިމާދޫގައި ހުރުމާއި ކެއުމުގެ ޚަރަދު (ދޮވެ އިސްތިރިކުރުމާއިއެކު)

އަދި ދަންނަވަމެވެ. ޙާފިޘު ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒުން ހޯދަންޖެހޭ ހުއްދަ މި އިދާރާއިން ހޯދައި ދިނުމުން މޯލްޑިވްސް އިމިގުރޭޝަނުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި ޙާފިޘު ރާއްޖެ އައުމުން ހދ.ހަނިމާދޫއަށް ފޮނުވައިދިނުމާއި ހަނިމާދޫއިން މާލެ ގެންދިއުމުގެ ކަންތައްތަކާއި ޙާފިޘަށް ދޭންޖެހޭ  އެލެވަންސްގެ ކަންތައްތައް، ޙާފިޘު ގެނައުމާއި ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6520028 ފޯނަށް ގުޅުއްވުން އެދެމެވެ.

 

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

v ހިދުމަތުގެ އަގައްދޭ މާކްސް

v  މާކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

%85

އަގު

 

 

 

 

 

 

 

 

 

v  ކަމާއިގުޅޭ ދާއިރާއިން ޚިދުމަތް ފޯރުކޮށްދީފައިވާ ޑޮކިއުމެންޓްތަކަށްދޭ މާކްސް

v މާކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ގިނަ ޑޮކިއުމަންޓް ތަކަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ޑޮކިއުމެންޓް ތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ޑޮކިއުމަންޓް އަށެވެ.

ތަޖުރިބާ

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2020
ހޯދާ