ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ސާފުކޮށް ބެލެހެއްޓުން؛

މިރަށުގެ ޤަބުރުސްތާން 01 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ޤަބުރުސްތާން ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން 2020 ފެބުރުއަރީ 18 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު / ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި / ސިޓީގައި މަހަކަށް ޖެހޭ އަގު އެގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު / ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ / ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

1- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

2- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވަށައިގެންވާ މަގުތަކުގެ 2/1 ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

3- މީގެ އިތުރުން ކައުންސިލުން ކުރަމުންދާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

މަސައްކަތުގެ އަގަށް %95 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 95 މާކްސް ލިބޭގޮތަށް)

މި މަސައްކަތާއިގުޅޭ ތަޖުރިބާ އަށް %5 (އެންމެ ގިނަ ތަޖުރިބާ ލިޔުންތައް ހުށަހަޅާ ފަރާތަކަށް 5 މާކްސް)

 

ބަދަލުގައި މީހަކު ފޮނުއްވައިގެން އަންދާސި ހިސާބު ނުވަތަ އަގު ބަޔާންކޮށްފައިވާ ސިޓީ ހުށަހަޅާނަމަ، ހުށަހަޅާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބު / ސިޓީ ހިފައިގެން އަންނަ ފަރާތުން ގެންނަންވާނެއެވެ. އަދި ބަދަލުގައި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2020
ހޯދާ