ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިއުލާން

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

1(އެކެއް)

ބޭނުންވާ އަދަދު:

ޖީ.އެސް 3

ރޭންކް

އޮފިސަރ ގުރޭޑް 1

ކުލެސިފިކޭޝަން

ވަގުތީ (ކޮންޓްރެކްޓް)

މަޤާމުގެ ގިންތި:

 

 

3 މަސްދުވަސް (ތިން މަސްދުވަސް)

މުއްދަތު :

އިދާރީ

ޑިވިޝަން

ބިލެތްފަހީ ސްކޫލް އޮފީސް

އޮފީސް

ބިލެތްފަހީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

މަހަކު -/4465ރ

މުސާރަ

މަހަކު -/1500ރ

ސަރވިސް އެލަވަންސް

އިތުރު ގަޑީ މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގައި ފައިސާ ދެވޭނެއެވެ.

އިތުރު ގަޑީ ފައިސާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

     ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ފެންވަރު ނުވަތަ ޝަރުތު

 

      1- ޚާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މިމަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް އިންޓަވައު ކުރެވޭނެއެވެ. އިންޓަވިއު ކުރުން އޮންނާނީ  20 ފެބުރުއަރީ 2020 އާއި 29 ފެބުރުއަރީ 2020 އާއި ދެމެދު ބިލެތްފަހީ ސްކޫލްގައެވެ.  އިންޓަވިއު އޮންނާނެ ތާރީހާއި ގަޑި އިންޓަވިއުއަށް ހޮވޭފަރާތްތަކަށް އިންޓަވިއު އޮންނަ ތާރީހުގެ 24 ގަޑީއިރު ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.  އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިންޓަވިއުކުރުން

 

1-      ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

2-      މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން

3-      މުވައްޒަފުންގެ ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން

4-      މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓް ކޮށް ބެލެހެއްޓުން

5-      ސްކޫލަށް ލިބޭ ސިޓީ މެސެޖް ތައް އެންޓްރީ ކޮށް ފައިލް ކުރުން

6-      ފައިސާގެ ލިޔެކުންތައް ބެލެހެއްޓުން އަދި ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން

7-      އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

8-      އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުން.

9-      މީގެ އިތުރުންވެސް ސްކޫލުން އަންގާ އެކި އެކި ކަންތައް ކުރުން.

މަޤާމްގެ މަސްއޫލިއްޔަތު

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް 19 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ބިލެތްފަހީ ސްކޫލްގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ހުށައެޅިދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

·         މިއިއުލާނާގުޅިގެން އިތުރުމައުލޫމާތެއް ހޯދަންބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާދެމެދު މި ސްކޫލްގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މިސްކޫލްގެ އިދާރާ އަށް ވަޑައިގެންނެވުމުންވެސް މައުލޫމާތު ސާފޮކޮށްދެވޭނެއެވެ.

އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ އަމަލުކުރަންވީ ގޮތް

 

           

                             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

 

10 ފެބުރުއަރީ 2020

 

10 ފެބުރުވަރީ 2020
ހޯދާ