ދިވެހިރާއްޖެ
ނަންބަރު:A)CA-2020/081)
އިޢުލާން
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
278 |
M1.1 |
ދ. މީދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަނދަރު ސަރަހައްދުން ފެށިގެން ޗާންދަނީމަގުން އިރަށް އައިސް ފަރީދީމަގުގެ އުތުރުން އަމީނީމަގުން އިރަށް، ސޯސަންމަގުން ދެކުނަށް، ރަށުގެ ބޭރުން ހުޅަނގަށް ގޮސް ބަނދަރާހަމައަށްވާ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. މީދޫ، ދ. އަތޮޅު މަދަރުސާ ކްލާސްރޫމް 1 ގައި (ޖަލްސާކުރާ މާލަމްގެ ސްޓޭޖް) |
279 |
M1.2 |
ދ. މީދޫ-2 |
މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަނދަރު ސަރަހައްދުން ފެށިގެން ޗާންދަނީމަގުން އިރަށް އައިސް ފަރީދީމަގުގެ އުތުރުން އަމީނީމަގުން އިރަށް، ސޯސަންމަގުން ދެކުނަށް، ރަށުގެ ބޭރުން އިރުއުތުރުން ހިތްފަސޭހަ މަގުން ހުޅަނގަށް ބަނދަރާހަމައަށްވާ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ދ. މީދޫ، ދ. އަތޮޅު މަދަރުސާ ކްލާސްރޫމް 3 ގައި (ޖަލްސާކުރާ މާލަމް) |
280 |
M2.1 |
ދ. ބަނޑިދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ ބަނޑިދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ބަނޑިދޫ، ބަނޑިދޫ ސްކޫލްގެ ހޯލްގައި |
281 |
M3.1 |
ދ. ރިނބުދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ ރިނބުދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ރިނބުދޫ، ރިނބުދޫ ސްކޫލްގެ ހޯލްގައި |
282 |
M4.1 |
ދ. ހުޅުދެލި-1 |
މި ފޮށްޓަށް ވޯޓުލާނީ ހުޅުދެލީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ހުޅުދެލި، ހުޅުދެލީ ސްކޫލްގެ ހޯލްގައި |
283 |
M6.1 |
ދ. މާއެނބުދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ މާއެނބުދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. މާއެނބުދޫ، މާއެނބޫދޫ ސްކޫލްގެ ހޯލްގައި |
284 |
M7.1 |
ދ. ކުޑަހުވަދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ދ. ކުޑަހުވަދޫ، ދ. ކުޑަހުވަދޫ މަލްޓިޕަރޕަސް ބިލްޑިންގެ ހޯލްގައި |
285 |
M7.2 |
ދ. ކުޑަހުވަދޫ-2 |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން އިރުމަށްޗަށްގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. ވާނީ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ދ. ކުޑަހުވަދޫ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި |
286 |
M7.3 |
ދ. ކުޑަހުވަދޫ-3 |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ދ. ކުޑަހުވަދޫ، ދ. ކުޑަހުވަދޫ ޕްރީ ސްކޫލްގެ ކްލާސްރޫމްގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
16 ޖުމާދަލް އާޚިރާ 1441