ދިވެހިރާއްޖެ
ނަންބަރު:A)CA-2020/065)
އިޢުލާން
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
448 |
V1.1 |
ތިލަފުށި-1 |
މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައ މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ތިލަފުށި، ކުރީގެ އޮފީސް އިމާރާތް |
449 |
V2.1 |
ހުޅުލެ-1 |
މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ހުޅުލެ، އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރގައި (އޭ.އާރް.ސީ) |
450 |
V3.1 |
ގަން-1 |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ގަން، ގަން އިޖްތިމާއީ މަރުކަޒުގައި |
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 50 (ފަންސާސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ސިނާއީ މަސައްކަތްކުރާ ރަށެއްގައި 50 (ފަންސާސް) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް، އެހެން ވޯޓުފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
15 ޖުމާދަލް އާޚިރާ 1441