ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ) އަދި މާސްޓަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ)
ފެބުރުވަރީ 2020 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 10 ފެބްރުވަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 13 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
- މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ) - ހއ.ދިއްދޫ / ޏ.ފުވައްމުލައް
- މާސްޓަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ) - ޏ.ފުވައްމުލައް
ކޯސްތަކުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
09 ފެބުރުވަރީ 2020
ހޯދާ