އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅުގެ 8 ރަށުގެ ކައުންސިލް އިދާރާގައި ސޯލާ ސިސްޓަމް ޤާއިމްކުރުން

މި އަތޮޅުގެ 8 ރަށުގެ ރަށު ކައުންސިލް އިދާރާގައި، އަމިއްލަ ތަކެތީގައި، ސޯލާޕެނަލް ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވެ އެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި -/10,000ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ.

މަސައްކަތުގެ މަޢުލޫމާތު، މި އިޢުލާނާއެކު އެވަނީ އެވެ. މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެ އެވެ. ނަމަވެސް އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ، 2020 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، [email protected] އެކަމެއް އީމެލް ކުރެއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތްތަކުން، 2020 ފެބްރުއަރީ 13 ވަނަ ދުވަހުގެ 14:0ގެ ކުރިން ނަންނޯޓް ކުރެއްވުމަށް [email protected] އީމެއިލަކުން ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް އީމެއިލުން ފޮނުވައިދެވޭނެ އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، މަސައްކަތުގެ ނަމާއި، އަންދާސީ ހިސާބު ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި، ލިޔަންވާނެ އެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ، 2020 ފެބްރުއަރީ 20 ވަނަ ދުވަހުގެ 13:35ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

09 ފެބުރުވަރީ 2020
ހޯދާ