މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގާ ވ.އެފްސީ.އެސް.ސީ ހިންގާނެ އިމަރާތެއް ބޭނުންވެއްޖެ

 

އިޢުލާން

 

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބްރުއަރީ 2020 ވާ އަނގާރަ ދުވަހުގެ ހެނދުނު 11:30 އަށް  ވ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  24  ފެބްރުއަރީ 2020 ވާ އަނގާރަ ދުވަހުގެ 11:30 އަށް ވ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

09 ފެބްރުއަރީ 2020

 

 

 

09 ފެބުރުވަރީ 2020
ހޯދާ