މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

ޢިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ 

ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ މި މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގައި، (1) ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ނުވަތަ (2) ސިވިލް ކޯޓުގައި ރަޖިސްޓްކޮށްފައިވާ "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ހުށަހެޅުމަށް ވާނީ އިއުލާން ނަންބަރ 350/2019/1/LES-101(IUL) (26 ޑިސެމްބަރ 2020) އިން އާންމުކޮށް އިއުލާންކޮށްފައިއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް މަތީގައި ބަޔާންކޮށްފައި ފޯމް، ސިވިލްކޯޓުގައި ރަޖިސްޓްރީ ކުރުމަށް ދަތިވަމުން ދާތީ މެޖިސްޓްރޭޓު ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ ފޯމް، 9 ފެބްރުއަރީ‏ 2020 އިން ފެށިގެން މި މިނިސްޓްރީ އިން ބަލައިގަންނާނެ ވާހަކަ އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

"ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) ން އާއި އެކްސްޕެޓް އޮންލައިން ސިސްޓަމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

14‏ ޖުމާދަލްއާޚިރާ‏ 1441

08 ފެބުރުވަރީ 2020
ހޯދާ