ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

 ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަން އިން މުވައްޒަފުން ހޯދުމަށް ކުރި ނަންބަރު: RDC-IUL/2020/010   އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 މަސައްކަތު

ބޭނުންވާ ޢަދަދު:

 01 (އެކެއް)

ޑިޕާރޓްމަންޓް:

 ކޯޕަރޭޓް އެފެއާރޒް – އެޑްމިނިސްޓްރޭޝަން

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯޓް ސްޓާފް - ގްރޭޑް 4

މުސާރަ:

 މަހަކު -/3250ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 -/2000ރ - -/3500ރ އާއި މެދުގެ އަދަދެއް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 - ޞިއްޙަތުރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން.

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - އޮފީސް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

 - ކޮންމެ ދުވަހަކުވެސް ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާ ސާފުކުރުން.

 - ސައިކޮޓަރީގެ މޭޒާއި ގޮނޑި ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފު ކުރުން.

 - މީޓިންގ ތަކަށް ކޮފީ ނުވަތަ ސައި ތައްޔާރުކުރުން.

 - މިނޫންވެސް މަޤާމާ ގުޅޭގޮތުން ޙަވާލުކުރާ އޮފީހުގެ މަސައްކަތް ކުރުން.

ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ،  ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

  އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 / 7811224 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                               12 ޖުމާދުލްއާޚިރު 1441

                                06 ފެބްރުއަރީ 2020

 

06 ފެބުރުވަރީ 2020
ހޯދާ