ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފަކު ބޭނުންވެއްޖެ.

            މި އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ " އިހަވަންދޫ ރަށްވެހި ހިޔާ " ބެލެހެއްޓުމަށްޓަކައި، ކޮންޓްރެކްޓް އުޞޫލުން މުވައްޒަފަކު ހޯދުމަށް ބޭނުންވެއްޖެއެވެ. 

މަޤާމު.

މަސައްކަތު 

މަޤާމްގެ ނަންބަރު.

-

ބޭނުންވާ ޢަދަދު.

01 (އެކެއް)

މަޤާމުގެ ގިންތި

 މަސައްކަތު

މަޤާމުގެ ރޭންކް.

ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން.

ސަޕޯޓް ސަރވިސް 

ވަޒީފާ އަދާކުރަންޖެހޭ ތަން.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ. އިހަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.

 މުނިސިޕަލް ސަރވިސް

މުސާރަ.

-/2000 ރުފިޔާ (ދެހާސްރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް.

33.33 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮށްމެ ދުވަހަކަށް)

އެހެނިހެން އެލަވަންސްތައް.

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަސައްކަތް ކުރަންޖެހޭގަޑި

  1. މަސައްކަތް ކުރަންޖެހޭ ގަޑި ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު 4 ގަޑިއިރު ކައުންސިލުން ކަޑައަޅާ ސެޑިއުލާއި އެއްގޮތަށް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

  1. ރަށްވެހި ހިޔާ ކޮޓަރިތަކާއި ފާޚާނާތަކާއި، ފެންޑާއާއި، ހޯލާއި، ރަށްވެހި ހިޔާގެ ގޯތި ތެރެއާއި އަދި ރަށްވެހި ހިޔާ ގުޅިފައިވާ މަގުތަކުގެ 2/1 ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި، މަދުވެގެން މަހަކު އެއްފަހަރު ރަށްވެހި ހިޔާގައިހުރި ތަކެއްޗާއި ތަންތަން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވެކިޔުމު ކުރުން.
  2. ރަށްވެހި ހިޔާގައި ހުރި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗާއި ބަނދިގެ ސާމާނާއި، ކަނބަޑުތަކާއި އަދި އައިސް އަލަމާރިއާއި، ސިންކާއި އަތްދޮންނަ ތައްޓާއި އެނޫންވެސް އެފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  3. ރަށްވެހި ހިޔާގެ ކޮޓަރި ތަކުގައި ބޭނުން ކުރާ ބެޑްޝީޓާއި، ބާލީހުގެ އުރަތަކާއި، ތުވާލިތަކާއި ދޮރުފޮތިތައް ރަނގަޅަށް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، އަދި މި ފަދަ ތަކެއްޗާއި، ގޮދަޑިތަކާއި، ބާލީސްތަކުން، ޖަރާސީމް ފިލުވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށް އެ ގޮތަށް އެ ތަކެތި ގެންގުޅުމާއި ބެލެހެއްޓުން.
  4. އެއްވެސް ފަރާތަކުން، ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއް ބުކްކޮށްފި ނަމަ އެ ކޮޓަރިއެއް ނުވަތަ އެ ކޮޓަރި ތަކުގެ  އެނދުގައި ތަންމަތި އެޅުމާއި، ބޯފެން ކޮޓަރީގެ ތެރޭގައި ބެހެއްޓުން.
  5. ރަށްވެހި ހިޔާއިން ކުއްޔަށް ހިފިކޮޓަރީގެ އެއަރ ކޯނާއި އެއަރ ފުރެސްޝަނާއާއި ފަރުނީޗަރާއި ފާޚާނާއާއި އަދި މުޅި ކޮޓަރި ރަނގަޅަށް ޗެކްކޮށް ޗެކް ލިސްޓާއި ކޮޓަރި ކުއްޔަށް ހިފި ސްލިޕް ފުރިހަމަކޮށް، ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
  6. ކޮޓަރި ހިފައިގެން މީހުން ތިބޭނަމަ މަދުވެގެން 5 ދުވަހުން ބެޑްޝީޓާއި ބާލީހުގެ އުރައާއި، ތުވާލި ބަދަލު ކުރުމާއި އަދި 1 ދުވަހަށް ކޮޓަރިއެއް ހިފައިގެން ހުރި ފަރާތަކުން ކޮޓަރި ދޫކޮށްލި ނަމަވެސް ބެޑްޝީޓާއި، ބާލީހުގެ އުރަތަކާއި، ތުވާލި ރަނގަޅަށް ދޮވެ އެ ތަކެތީން ޖަރާސީމް ފިލުވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށް އެ ގޮތަށް އެ ތަކެތި ގެންގުޅުމާއި ބެލެހެއްޓުން.  
  7. އެކި ކަންކަމާއި ގުޅިގެން ޖަމާވާ ކުންޏާއި، އަދި ނުބައިވާޒާތުގެ ތަކެތި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން އެފަދަ ތަކެތި އުކުމަށް ހަމަޖެހިފައިވާ ގޮތަށް އުކާލުމާއި ޑަސްބިންތައް ސާފުކޮށްފައި ބެހެއްޓުން.
  8. މަދުވެގެން ހަފުތާއަކު 1 ފަހަރު ވަރަށް ރަނގަޅަށް ޢިމާރާތްތެރެ ސާފުކޮށް މުޅި ޢިމާރާތުގައި މޮޕްޖެހުމާއި، އަދި މަދުވެގެން ކޮޓަރި ތަކުގެ ދޮރުފޮތިތައް 1 މަސްދުވަހުގެ ތެރޭގައި ދޮވެ ސާފު ކުރުމާއި ދޮރުފޮތިތައް ބަދަލު ކުރުން.
  9. ރަށްވެހި ހިޔާގެ ކޮޓަރިތަކާއި، ރަށްވެހި ހިޔާގެ ހޯލާއި އަދި އެ ތަނުގައިގައި ހުރި ތަކެތި ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް ބޭނުން ކުރުމާއި އަދި އެހެން ފަރާތަތަކަށް ބޭނުން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދިނުން.
  10. ރަށްވެހި ހިޔާގެ ހޯލް އެއްވެސް ފަރާތަކުން ބޭނުން ކުރާނަމަ އެކަން ކުރަމުން ގެންދަނީ ހަމައުޞޫލުންތޯ ބެލުމާއި ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފިނަމަ ކިތާބީ ހެތްކާއެކު އެކަން ކައުންސިލަށް ހުށަހެޅުން. 
  11. ރަށްވެހި ހިޔާއަށް އެއްވެސް ގެންލުމެއް ލިބިއްޖެ ނަމަ އެކަން ކައުންސިލްގެ އިދާރާއަށް އެންގުމާއި އަދި ކައުންސިލް އިދާރާއާ ގުޅިގެން އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރުން.
  12. ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާއަށް ދުރުވެ ސޮއިކުރަންޖެހޭނެއެވެ. އަދި މަޤާމުގެ މަސައްކަތް ކުރި ގަނޑި އެނގޭގޮތަށް ކައުންސިލްގެ އިދާރާގައި އޮންނަ ޝީޓުގައި ސޮއިކުރަންވާނެއެވެ.
  13. ރަށްވެހި ހިޔާ ޢިމާރާތުގެ ތަޅުދަނޑިތައް ހުންނަންވާނީ ކައުންސިލް އިދާރާގައެވެ. ކޮޓަރި، ނުވަތަ ކޮޓަރިތައް، ނުވަތަ ހޯލް ސާފު ކުރުމަށް ނުވަތަ ކުއްޔަށް ހިފި ފަރާތަށް ކޮޓަރީގެ ތަޅުދަނޑި ނުވަތަ ކޮޓަރިތަކުގެ ތަޅުދަނޑިތައް ނުވަތަ ހޯލުގެ ތަޅުދަނޑި ހަވާލު ކުރުމަށް ގެންދިޔުމަށްފަހު، އެކަން ނިމުމާއެކު އަނބުރާ ކޮޓަރީގެ ނުވަތަ ކޮޓަރީ ތަކުގެ ނުވަތަ ހޯލުގެ ތަޅުދަނޑި ވީ އެންމެ އަވަސް ގޮތުގެ މަތިން ކައުންސިލްގެ އިދާރާއަށް ގެންނަށް ޖެހޭނެއެވެ.
  14. ކޮޓަރީ ނުވަތަ ކޮޓަރީތައް، ނުވަތަ ހޯލް ކުއްޔަށް ހިފި ފަރާތަށް އެތަންތަނުގެ ތަޅުދަނޑި ޙަވާލު ކުރަންޖެހޭނީ ލިޔުމުންނެވެ. އަދި ކުއްޔަށް ހިފި ފަރާތުން އެތަން ދޫކޮށްލުމުން ބިލް ހަދައި ލިޔުމުން އެފަރާތަށް ބިލް ހަވާލު ކުރަންޖެހޭނެއެވެ.
  15. އަދި ކޮޓަރީ، ނުވަތަ ކޮޓަރީ ތަކުގެ ނުވަތަ ހޯލުގެ ތަޅުދަނޑި ވީ އެންމެ އަވަސް ގޮތުގެ މަތިން ކައުންސިލްގެ އިދާރާއަށް ގެންނަށް ޖެހޭނެއެވެ. އަދި އެތަންތަން ދޫކޮށްލުމުން ޗެކްލިސްޓް ފުރިހަމަކޮށް ލަސްވެގެން 2 ގަޑީއިރުގެ ތެރޭގައި ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ.
  16. އެ ޗެކްލިސްޓާއެކު ކޮޓަރީ، ނުވަތަ ކޮޓަރީ ތަކުގެ ނުވަތަ ހޯލުގެ ތަޅުދަނޑި ވެސް ކައުންސިލްގެ އިދާރާއަށް ގެންނަށް ޖެހޭނެއެވެ. ކޮޓަރީ، ނުވަތަ ކޮޓަރީ ތަކުގެ ނުވަތަ ހޯލުގެ ކުއްޔަށް ފައިސާ ދެއްކި ނަމަ ފައިސާ ބަލާގަތް ރަޝީދު ފޮތާއި، އަދި ބިލްފޮތް ގެނެސްދޭން ޖެހޭނެއެވެ.
  17. ރަށްވެހި ހިޔާ ސާފުކޮށް ބަލަހައްޓާ ފަރާތުގެ މޯބައިލް ނަންބަރު ކައުންސިލްގެ އިދާރާއަށް ދީފައި ބާއްވަން ވާނެއެވެ. އަދި ކައުންސިލްގެ އިދާރާއިން ކުރާ ކޯލުތަކަށް ޖަވާބު ދާރީ ވާންޖެހޭނެއެވެ.
  18. މަސައްކަތް ކުރަންޖެހޭ ގަޑިފިޔަވައި އެހެން ވަގުތެއްގައި ކޮޓަރިއެއް ދޫކުރަންޖެހިއްޖެ ނަމަވެސް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ރަށްވެހި ހިޔާ އިން ވިއްކާ ޚިދުމަތްތައް ވިއްކުމަށް ހުރަސް އެޅިގެން ނުވާނެއެވެ.
  19. ރަށްވެހި ހިޔާއިން ވިއްކާ ޚިދުމަތްތައް ވިއްކުމާއި އެތަނާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ގެންދާނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށެވެ.
  20. އަދި އެހެންމެ އިހަވަންދޫ ކައުންސިލުން ނިންމަވާ ނިންމެވުން ތަކާއި އެއްގޮތަށެވެ.

 ޝަރުޠު

  1. ގްރޭޑް 10 ނިންމާފައި ވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. ނުވަތަ
  2. އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
  3. ޝަރުތު ހަމަނުވާ ފަރާތްތަކުންވެސް މިކަމަށްއެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުތު ހަމަނުވާ މީހުން ހޮވާނީ ޝަރުތު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތު ތަޖުރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.

ހުށައަޅަންޖެހޭ ލިޔުންތައް.

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުން www.ihavandhoo.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވެފައި ވާނަމަ އެ ލިޔުން.
  5. އެއްބަސްވުމެއް އޮވެގެން އެއްވެސް ތަނެއްގައި ނުވަތަ އިދާރާއެއްގައި ވަޒިފާއެއް އަދާކުރާނަމަ މި ވަޒީފާއަށް އެމީހަކު ހޮވިއްޖެނަމަ، މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ ތަނުން ނުވަތަ އިދާރާއިން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސްކޫލް ލީވިންގ ސެޓްފިކެޓް.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

21

26

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު.

30

5

 

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ.

30

26

26

 

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ:

185

100

100

           

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 16 ވާ އާދިއްތަ  ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:      [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ފެބުރުވަރީ 17 ވާ ހޯމަ ދުވަހާއި  2020 ފެބުރުވަރީ 20 ވާ ބުރާސްފަތި  ދުވަހާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން.

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ފެބުރުވަރީ 2020
ހޯދާ