މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-314892

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ޑިޕާޓްމަންޓް / ސެކްޝަން:

ސޯޝަލް ހައުސިންގ ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް، ކ. މާލެ

މުސާރަ:

މަހަކު -/13890 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް: -/1500 ރުފިޔާ (މަހަކު)
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް :- އަސާސީ މުސާރައިގެ 35%
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އަދިވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރާވާފައިވާ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން
  2. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ބޭފުޅެއްގެ ލަފާގެ މަތިން ޑިޕާރޓްމަންޓް މަސައްކަތްތައް ހިންގުން
  3. ސޯޝަލް ހައުސިންގ ޑިޕަރޓްމަންޓްގެ އަހަރީ ބަޖެޑް އެކުލަވާލުމާއި ކުރަންޖެހޭ އެންމެހާ ކަންކަން ޕްރޮކިއުމަންޓް ޕްލޭންއާއި އެއްގޮތަށް އިމްޕްލިމެންޓް ކުރުން
  4. މަގޭ ހިޔާވަހި ޕޯޓަލްގެ ޓެކްނިކަލް މައްސަލަތައް ދެނެގަނެ ވަގުތުން ވަގުތައް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ހައްލުކުރުން
  5. ބޯހިޔާވަހިކަމާއި ގުޅޭގޮތުން އެއްކުރެވޭ ތަފާތު މަޢުލޫމާތުތައް އެއްތަނަކުން ފެންނާނެ އިންޓާނަލް ޑޭޓާބޭސް އެއް ފަރުމާކުރުމާއި އެ ޑޭޓާބޭސް ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ރޭވުން
  6. މަގޭ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެކި އެކި ސްކީމްތަކަށް އެދޭ ފާރާތްތަކުގެ މަޢޫލޫމާތު ފުރިހަމަ އިންތިޒާމެއްގެ ދަށުން ބެލެހެއްޓުން
  7. ބޯހިޔާވަހިކަމާއިބެހޭ ސިޔާސަތުތަކުގެ ދަށުން ސޯޝަލް ހައުސިންގ ޑިޕަރޓްމަންޓްގެ މޭންޑޭޓްގައި ހިމެނޭ މަސައްކަތްތައް ރާވައި ހިންގުން
  8. ބޯހިޔާވަހިކަމާއި ގުޅޭ ސިޔާސަތުތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި މުވައްޒަފުންނަށް ލަފާ ދިނުން
  9. ޑިޕަރޓްމަންޓްގެ އިދާރީ މަސައްކަތްތަކާއި ފައިސާއާއި ގުޅުންހުރި މަސައްކަތްތަކާއި ހިނގާ ނުހިނގާ ގޮތްބަލައި އެކަންކަމުގައި ލަފާ ދިނުން
  10. އިޖްތިމާއީ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ހަރަކާތްތައް ހިންގަމުންދާގޮތުގެ މަޢުލޫމާތު މީޑިއާ އާއި އާންމު ރައްޔިތުންނަށް ޙިއްސާ ކުރެވޭނެ އިންތިޒާމްތައް ރާވައި ހަމަޖެއްސުމާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވެއްޖެ ހިނދެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  11. ސޯޝަލް ހައުސިންގ ޑިޕާރޓްމަންޓްގެ ދަށުން ހިންގާ ޕްރޮގްރާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ރެގިއުލޭޓް ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް މި ކަންތައްތައް ކުރިޔަށް ގެންދާނެ އުސޫލުތައް އެކުލަވާލުން
  12. ޑިޕާރޓްމަންޓްގެ ސެކްޝަން/ޔުނިޓްތަކުގެ ދަށުން ހިންގޭ ހުރިހާ ޕްރޮގްރާމް ތަކެއް ޖުމްލަކޮށް ބަލަހައްޓާ ވިލަރެސް ކުރުން
  13. ޑިޕާރޓްމަންޓްގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ އަހަރީ ޓާގެޓްތައް އެކުލަވާލައި ހާސިލްވާނެ މިންވަރު ވިލަރެސް ކުރުން
  14. ސޯޝަލް ހައުސިންގ ޑިޕާރޓްމަންޓްގެ ސެކްޝަން/ޔުނިޓް ހެޑުންގެ ވަޒީފާ ބަޔާނާއި އެއްގޮތަށް މަސައްކަތް ޙަވާލުކުރުމާއި، ބަލައި މޮނިޓަރ ކުރުން
  15. ސޯޝަލް ހައުސިންގ ޑިޕާރޓްމަންޓްގެ ސެކްޝަން/ޔުނިޓް ހެޑުންގެ ޓާގެޓް ކަނޑައެޅުމާއި ފެންވަރު ބަލާ އެޕްރައިޒަލް ފޯމަށް މާކްސް ދިނުން
  16. ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ހިޔާވަހިކަމާއި ގުޅުންހުރި ފަންނީ ލަފާ ދިނުމާއި، ތައްޔާރު ކުރަންޖެހޭ ފަންނީ ކަރުދާސްތައް ތައްޔާރުކޮށް އެކުލަވާލުން
  17. ސޯޝަލް ހައުސިންގ ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ތަފާތު ކުރުމެއްނެތް ރައްކާތެރި މަސައްކަތު މާހަޢުލެއް ޤާއިމް ކޮށްދިނުން

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެތްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

  (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފާއިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

20

25

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން/ޕްރެކްޓިކަލްސް

50

20

50

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

 

295

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް 'ލިބިފައިވާ ހުނަރު' ގެ ބައިން ޖުމްލަ %50 (ފަންސާސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 12 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އާރބަން ޑިވަލޮޕްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ފެބުރުވަރީ 16 އާއި 2020 މާރިޗު 16 އާ ދެމެދު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް ގައެވެ.

ވަޒީފާއަށްކުރިމަތިލި ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004342 ނަންބަރު ފޯނަށް ނުވަތަ 3004340 ނަންބަރު ފޯނަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http:www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

10 ޖުމާދަލްއާޚިރަ 1441

04 ފެބުރުވަރީ 2020

04 ފެބުރުވަރީ 2020
ހޯދާ