ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗްލާރ އޮފް ފިޒިޔޮތެރެޕީ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާތައް:

 ހިއުމަން އެނޮޓޮމީ އެންޑް ފިޒިއޮލޮޖީ 2

ޝަރުތު:

އެމް.ބީ.ބީ.އެސ ޙާޞިލް ކޮށްފައިވުމާއިއެކު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

ބޭސިކް ފާމަކޮލޮޖީ

ޝަރުތު:

ފާމަސީ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

ފިޒޮއޮތެރަޕީ ޕްރެކްޓިސް 1

ޝަރުތު:

ފިޒިއޮތެރަޕީ އިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ނޯޓް: ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ

  ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

5 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 ޖަނަވަރީ 2020
ހޯދާ