ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައިހުރި ތަކެތި ނެގުން

ރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ކުޑަހުވަދޫ ބަނދަރުގައި ހިޔާވަހިކަމެއް ޤާއިމް ކޮއްދިނުމުގެ ގޮތުން ކައުންސިލުންވަނީ ބަނދަރުމަތީގައި ހަޓްތަކެއް ހަދައި ބެހެއްޓުމަށް ނިންމާފައެވެ. އަދި އެހަޓްތަށް ހަދައި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހަޓްތަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދު ތަކުގައި، ބައެއް ފަރާތްތަކުން ކައުންސިލުގެ ހުއްދަ ނުހޯދައި ތަންތަންހަދައި ތަކެތި ބަހައްޓާފައިވާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

             ވީމާ، 07 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހަޓްތަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ހަދާފައިވާ އެންމެހައި ތަންތަނާއި ތަކެތި ނެންގެވުމަށް ދަންނަވަމެވެ.

    މި މުއްދަތުގައި ނުނަގައި ހުންނަ ތަންތަނާއި ތަކެތި މިކަންސިލުން ނަގާނެ ކަމުގައި އަންގައި ޢިޢުލާން ކުރަމެވެ.

30 ޖަނަވަރީ 2020
ހޯދާ