އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 އެސިސްޓެންޓް ޑިރެކްޓަރ

 މަޤާމް:

J-316393

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 7,035.00 (ހަތްހާސް ތިރީސް ފަސްރުފިޔާ)

މުސާރަ:

މަހަކު 2,000.00 (ދެހާސް ރުފިޔާ)

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނުނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލްސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

  1. ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރަށުގެ ތަރައްޤީގެ ޕްލޭން އަދި އަހަރީ މަސައްކަތު ތާވަލް ތައްޔާރުކުރުމުގެ މަސައްކަތް މުވައްޒަފުންލައްވާ ކުރުވުމާއި، އެކަންކަން ތަންފީޒުކުރުން.
  2. ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކާއި ގުޅިގެން ކުރެވޭ އެއްބަސްވުންތައް ސެކްޝަނުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ މުވައްޒަފުން ލައްވާ ތައްޔާރުކޮށް އެއާއެއްގޮތަށް ކުރެވޭ މަސައްކަތްތައް ހިނގާގޮތް ބެލުން.
  3. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ އިންތިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
  4. މީހުންގެ އަމިއްލަ ބިންތަކާއި މުދާ އިޖްތިމާޢީ ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެ ނަމަ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުނަށްފަހު އެފަދަ ތަންތަން ނެގުން.
  5. ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްގެ ލަފާގެ ދަށުންކުރުން.
  6. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާއި ފެނާއި ފާޚާނާއާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ހިންގައި ބެލެހެއްޓުން.
  7. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއާރއާއި، ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުމާއި، ޕެސްޓް ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ ކަންކަން ކައުންސިލްގެ ލަފާގެދަށުންކުރުން.
  8. ރަށުގެ އިޤްތިޞާދީ ތަރައްޤީއާއި، ޕްރޮޖެކްޓްތަކުގެ އެންމެހާ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުން.
  9. ރަށުގައި ހިންގޭ ތަރައްޤީގެ ޕްރޮގްރާމްތަކާއި އަދި ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، އެފަދަ ޕްރޮގްރާމްތައް ތަންފީޒްކޮށް ރިޕޯޓް ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
  10. ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ހިނގާނުހިނގާ ގޮތްބަލައި ޤަވާޢިދާއި ހިލާފަށް ހިންގާ ވިޔަފާރިތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ކޮށް ބެލެހެއްޓުން.
  11. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ ލަފާގެދަށުން ކުރުން.
  12. ރަށުކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒު ކުރުމުގައި އާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓާއި، ޙަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި ކައުންސިލަށާއި، ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުމާއި އަދި އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ދިވެހި ސިވިލް ސަރވިސް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންގޮސް ބެލެހެއްޓުން.
  13. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ވަޒީފާގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް      9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖްމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އާބަން ސްޓަޑީޒް

ތަޢުލީމީ ރޮނގުތައް:

މުނިސިޕަލް ސާވިސަސް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖްމަންޓު

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން (%35)
  2. އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) (%5)
  3. ލިބިފައިވާ މަސައްކަތު ތަޖުރިބާ (15%)
  4. ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް) (%45)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 11ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ފެބުރުވަރީ 16 އާއި 2020 ފެބުރުވަރީ 29 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށައަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660537އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

30 ޖަނަވަރީ 2020
ހޯދާ