ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދުތަކުން ގަސްކެނޑުމާއި ގުޅޭ

މި އިޢުލާންވަނީ 30 ޖަނަވަރީ 2020 12:35 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށި އުތުރު ކޮޅުގައިވާ ކުޑަ ކުޅި އަދި ދެކުނުކޮޅުގައިވާ މަށިކުޅީގެ ބާކީއޮތް ސަރަހައްދުތަކުން ގަސްކަނޑާކަމުގެ މަޢުލޫމާތު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖަންސީއަށް ލިބެމުންދާ ކަމުގެ މަޢުލޫމާތު ވަނީ މިއިދަރާއާއި ހިއްސާކޮށްފައެވެ.

           ރުއްގަސް ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ ޤަވާއިދުގެ 3ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން ކަނޑޫފަލާއި، ކުޅިފަދަތަންތަނާއި، އަދި އެތަންތާގެ ވަށައިގެން 15 މީޓަރު ފުޅާ ސަރަޙައްދުގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަހަކީ ރުއްގަހުގެ ތެރެއިން ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުން މަނާ ބާވަތްތަކުގެ ރުއްގަހެވެ.

         އެހެންކަމުން ކުޅުދުއްފުށީގެ އުތުރު ކޮޅުގައިވާ ކުޑަ ކުޅި އަދި ދެކުނުކޮޅުގައިވާ މަށި ކުޅީގެ ސަރަހައްދުތަކާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެއްވެސް ބާއްވަތެއްގެ ގަހެއް ކެނޑުން، އުފުރުން ނުވަތަ ކޮނެގެން ނެގުމަކީ މަނާކަމެއް ކަމުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އެދުމުގު މަތިން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މިއެންގުމާއި ހިލާފުވާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2020
ހޯދާ