މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Ijuthimaaee sarahahdhu kunikahaa saafukurun

 

                                                                                                                                                                             

އިޢުލާން

                                                                              ނަންބަރު:(IUL)307/INDIV/2020/7

އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

    މިރަށު އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)307/INDIV/2020/3 ( 08/01/2020 ) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލަން ކުރަމެވެ.

    ވީމާ، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބުރުއަރީ 09 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ 2020 ފެބުރުއަރީ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަންދާސިހިސާބު ހުށަހަޅާނީ މި އިދާރާއިން ދޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ހަމައެހެންމެ އަންދާސީހިސާބު ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީހިސާބު ކެނޑުން ބޭއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

    މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        04 ޖުމާދުލްއާޚިރު 1441

        29 ޖަނަވަރީ 2020

29 ޖަނަވަރީ 2020
ހޯދާ