ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

  މަޤާމް:

ގަބުރަސްތާން މަސައްކަތު ( ފިރިހެން )  

  ބާވަތް :

ކޮންޓްރެކްޓް

  ޑިވިޜަން:

މުނިސިޕަލްސަރވިސް

  މުސާރަ:

3100.00 ރުފިޔާ

  ސަރވިސް އެލެވެންސް:

1,000.00 ރުފިޔާ

  އޯވަރޓައިމް އެލަވަންސް:

 

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ      

ދެވޭނެއެވެ.

  ބޭނުންވާ އަދަދު:

03

 

ވަޒީފާގެ ޝަރުތު :

1- އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން

2- އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިރައްޔިތެއް ކަމުގައިވުން

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ސިއްހަތެއްގައި ހުރިމީހެއްކަމުގައިވުން

4- މީހުން ވަޅުލުމަށް ވަޅުކޮނެވޭފަދަ މީހަކުކަމުގައިވުން

 

 

މަޤާމުގެ މަސްއޫލިއްޔަތު :

 

  • މަރުވާމީހުން ވަޅުލުމަށް ވަޅުކޮނުމުގެ މަސައްކަތް ( ރޭގަނޑު މެންދަމުން އަލިވެ 4:00 އިން ރޭގަނޑުގެ 12:00 އާއި ދެމެދު ) ކުރުން
  • މަރުވާމީހުން ހިނެވުމުގައި އެހީތެރިވުން
  • ހިނަވާގެތައް ބެލެހެއްޓުން
  • މީހަކު ވަޅުލަން ނުޖެހޭ ކޮންމެ ރަސްމީދުވަހަކު ގަބުރަސްތާނުން 400 އަކަފޫޓް ނޮޅާ ސާފުކުރުން
  • ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން އަންގާ ޙާލަތުގައި ކުރުން
  • އިދާރާގެ ސަޕޯޓް ސްޓާފުންގެ ( މަސައްކަތު މީހުންގެ ) މަސައްކަތްތައް ކުރުން
  • ޚާއްސަ ހާލަތްތަކުގައި އޮފީހުގެ އެހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  • އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހު މަސައްކަތުގެ ދާއިރާގެ ތެރެއިން، ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-         ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް

2-         ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ( އަސްލާއެއްގޮތައް ތައްގަނޑު ޖަހާފައިވާ )

3-      ވަޒީފާއައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަށް އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-  ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

-  މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު

-  މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު

          

އިންޓަވިއު އޮންނާނެ

ތަނާއި ތާރީޚް :            

މިމަޤާމަށް މީހަކު އޮވުމަށް ބާއްވާ އިންޓަވިއު އިންނާނެ ތާރީޚެއް އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް އެންގޭނެއެވެ. އަދި 15 ފަރާތަށްވުރެ ގިނަފަރާތްތަކަކުން ވަޒީފާއަށް ކުރިމަތިލާފައިވާނަމަ އިންޓަވިއު ކުރެވޭނީ ސޯޓް ލިސްޓް ކުރުމަށްފަހު 15 ފަރާތާއެވެ.  ވަޒީފާއަށް ނެގުމުގެ ކުރިން ޕޮލިސްރިޕޯޓަށް ބެލޭނެއެވެ.

    

 

މަޤާމަށް އެދެންވީ ގޮތާއި

 ސުންގަޑި:                   

06 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

                        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6527174 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6527552 އެވެ. އީމެއިލް  އެޑްރެހަކީ  [email protected]  އެވެ.  ވަޒީފާއަށް އެދޭ ފޯމް މި އިދާރާގެ www.kulhudhuffushi.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

27 ޖަނަވަރީ 2020
ހޯދާ