ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ މަޤާމަށް މުއައްޒަފަކު ހޯދުމަށް

މަޤާމު

ސްކޫލް ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރ

J-315912

ބޭނުންވާ އަދަދު

01 

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ރޭންކް

އެމް.އެސް. 1  

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1   

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތާޖުއްދީން  ސްކޫލް  / ކ. މާލެ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3.  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯރޓިންގ ކޯ އެލަވަންސް (މަހަކު -/700ރުފިޔާ)

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް  

1-      ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

  • ޢާއްމުކޮށް ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހެލްތުރޫމްގައި ހަމައަށް ހުރިތޯކަށަވަރުކުރުން
  • ހެލްތުރޫމަށް ގެންނަ ކޮންމެ ކުއްޖެއްގެ ރެކޯޑް ކުރެއްވުމަށްފަހު ކޮންމެދުވަހަކުވެސް ސެޝަން ނިމުމުން ސްކޫލްގެ ހެލްތު ޕްރޮގްރާމާއި ޙަވާލުވެހުންނަވާ ލީޑިންގ ޓީޗަރަށް ރިޕޯޓް ހުށަހެޅުން
  • ހެލްތުރޫމަށްގެނެވޭ ދަރިވަރު ހެލްތުރޫމަށް ގެނެވޭ ހާލަތާގުޅިގެން ބެލެނިވެރިޔާއަށް އެންގުން
  • އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި އަދި މީގެ އިތުރުން ކުދިންނަށް ބާއްވާ ތަފާތު ޙަރަކާތްތަކުގައި ބޭނުންވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމުކުރުން.
  • ޞިއްހީ ކަންކަމާއިބެހޭ ދުވަސްތައް ސްކޫލްގެ ވެރިންނާ މަޝްވަރާކޮށްގެން ދުވަސްތައް ފާހަގަ ކުރުން.
  • ކޮންމެ ދުވަހަކު ސެޝަންގަޑީގައި މަދުވެގެން  1ފަހަރު ދަރިވަރުން ބޭނުންކުރާ ފާޚާނާތަކުގެ ސާފުތާހިރުކަން ކަށްވަރުކުރުން.
  • ސްކޫލްގެ ޢާއްމު ސާފުތާހިރުކަން ޗެކުކުރުން.
  • ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

މަޤާމުގެ ޝަރުތު

ހެލްތު ސަރވިސް އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

ތަޢުލީމީ ރޮނގުތައް

-          ކޮމިއުނިޓީހެލްތުކެއަރ

-          ނަރސިންގ

-          ޕްރައިމަރީ ހެލްތު ކެއަރ

-          ޕަބްލިކް ހެލްތު

 

 

 

 

 

 

ހުށަހަޅަންޖެހޭ  ލިއުންތައް

1-            ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.

2-             ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 -       ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

          ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

       އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުންދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވަނަމަ، އެސެޓްފިކެޓް ގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލްސަރވިސް  ގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ

ޤަޢުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. (އިންޓަރވިއު ކޮށްގެން)

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 ފެބުރުއަރީ 2020 ވާ  އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތާޖުއްދީން  ސްކޫލަށެވެ. ވަޒީފާ އަށް އެދޭފޯމާއި ލިއުންތައް އީ މެއިލް hr@thaajuddeenschool.edu.mv   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

    މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/އިމްތިހާނު އޮންނާނީ 4 ފެބުރުއަރީ  2020 އާއި  15 ފެބުރުއަރީ 2020 އާއި ދެމެދު ގެ ތާރީޚެއްގައި ތާޖުއްދީން  ސްކޫލްގައެވެ.

ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ޢާއްމުކުރުން.

    އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2ފޯމް)" ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2  ފޯމް ޢާއްމު ކުރާދުވަހުންފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ،  hr@thaajuddeenschool.edu.mv  އެވެ 

ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި  އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެ އުޞޫލްތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނު ކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usooluއިން ލިބެން ހުންނާނެއެވެ.

27 ޖަނަވަރީ 2020
ހޯދާ