މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
"ކޮންސަލްޓަންސީ ފޮރ އަ ވެބްސައިޓް ޑިވަލޮޕަރ"

 c

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                                      އިއުލާން ނަމްބަރު: 475/47/2020/23(IUL)

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

" ކޮންސަލްޓަންސީ ފޮރއަ ވެބްސައިޓް ޑިވަލޮޕަރ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮންސަލްޓަންސީ ފޮރ އަ ވެބްސައިޓް ޑިވަލޮޕަރ" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން 8 ޖެނުއަރީ 2020 ވަނަ ދުވަހު ކުރި އިއުލާން ނަންބަރ (IUL)475/475/2020/06 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ 2020 ގެ މެންދުރު 12:00 ގެ ކުރިން ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަ އެކްސްޕުރެޝަން އޮފް އިންޓަރަސްޓް އާއިއެކު ވެލިޑޭޓް ކޮށްފައިވާ ލިޔެކިޔުންތަށް ހުށަހެޅުންވުން އެދެމެވެ.

ޓަރމްސް އޮފް ރެފަރަންސް

މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތް ތަކުގައި ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް  3026975 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]    ފޯން: 3026975

27  ޖެނުއަރީ 2020

 

27 ޖަނަވަރީ 2020
ހޯދާ