ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: B3MC/2020/01

ތާރީޚް:  26 ޖެނުއަރީ 2020

 

  1.      މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

 

ޢަދަދު

01

ސެކްޝަން: -

 

މަސައްކަތްކުރަންޖެހޭ ތަން

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް

 

އަސާސީ މުސާރަ

-/4465 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް:  މުސާރައިގެ: %20

-          ސަރވިސް އެލަވަންސް: -/1500

-          ލިވިންގ އެލަވަންސް: -/2550

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

އަސާސީ ޝަރުޠު

 

1-      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 ނުވަތަ

2-      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. ދަޢުވާ ނުވަތަ މައްސަލަތަކުގެ ފޯމްތައް ބަލައިގަތުން.
  2. މައްސަލަތަކުގެ ބަޔާންތަކާއި ޝަރީޢަތުގެ ރިޕޯޓް ލިއުން.
  3. ޝަރީޢަތުގެ މަޖިލިސްގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  4. މައްސަލަތަކާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތަކާއި، މެސެޖްތައް ފޮނުވުމާއި މެސެޖްތަކުގެ ޖަވާބުތައް ހޯދައި ފައިލްކުރުން.
  5. މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުމާއި، މައްސަލަތަކުގައި ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ޙާޟިރުވުމުގެ ޢަމުރު ފޮނުވުން.
  6. މައްސަލަތަކުގައި ސާފުކުރަންޖެހޭ ރެކޯޑް ސާފުކުރުން.
  7. ޙުކުމްއާއި ގުޅިގެން ތަންފީޛުކުރަނެޖެހޭ އެންމެހާ ކަންކަންކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެންގުން.
  8. ކާވެނި އަދި ވަރީގެ ދަފްތަރު ބެލެހެއްޓުން.
  9. ކައިވެނި، ވަރީގެ ސެޓްފިކެޓް ޙަވާލުކުރުމާއި، ވަރި ކައިވެންޏާއި ބެހޭ އެންމެހައި ތަކެތި ޙަވާލުކުރުމާއި، ޝަރުޢީ އަދި ވަރި ކައިވެނީގެ ރެކޯޑްތައް ބެލެހެއްޓުން.
  10. އެކި ފަރާތްތަކުން އަންގާ ޝަރުޢީ އަދި އިދާރީ ފައިސާ އާއި، އަދި މަރާމާތާ ބެހޭ ކަންކަން އެންގުން.
  11. ކުރިއަށް ކިޔާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން.
  12. ކޯޓު ހުޅުވުމާއި ބަންދުކުރުން.
  13. ފައިސާ އާއިބެހޭ ލިޔެކިއުންތަކާއި ފޮތްތައް ބެލެހެއްޓުން.
  14. ޔައުމިއްޔާ ލިއުން.
  15. ކޯޓުގެ ބޭނުންތަކަށް އަތޮޅު ކޯޓަށް ދަތުރުކުރުން.
  16. ތަފާސް ހިސާބު ބެލެހެއްޓުން.
  17. ފައިސާ ޚަރަދުކުރިގޮތުގެ ރިޕޯޓް ފޮނުވުން.
  18. ކޯޓުގެ ޢިމާރާތާއި ފަރުނީޗަރުތަކާއި އަދި އެންމެހައި ތަކެތި ބެލެހެއްޓުމާއި، ހޯދަންޖެހޭ ތަކެތި ހޯދުމާއި، މަރާމާތު ކުރުމާއި، އެތަކެތި ކޯޓުގެ އިންވެންޓްރީގައި ހިމެނުމާއި، ތަކެތީގައި ނަންބަރުޖެހުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      މަޤާމަން ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި މަކުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކުރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ރާއްޖޭގައި ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީލިޔުން ހުށަހެޅުމާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން، (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

05 ފެބުރުއަރީ 2020 ބުދަ ދުވަހުގެ 14:00 ގެ ކުރިން ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.
  •  މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6520073
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

 

  • ލިބިފައިވާ ތަޢުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ: %10
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: %10
  • އިންޓަވިއު:  %50

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކަސްޓަމަރ ސާރވިސްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން
  • މައިކްރޯ ސޮފުޓް ޕެކޭޖް ރަގަޅު ފެންވަރަކަށް ބޭނުންކުރަން އެނގުން
  • ދަތުރު ފަތުރު ކުރެވޭނެ މީހަކަށްވުން
26 ޖަނަވަރީ 2020
ހޯދާ