މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ރ. ދުވާފަރު އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރުން - ރީޓެންޑަރ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ރ. ދުވާފަރުގައި ހުރި އެމް.ޑަބްލިޔު.އެސް.ސީގެ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރާނެ ފަރާތެއް ހޯދަން ވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2019/154) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

30 ޖަނަވަރީ 2020

11:30

އެމް.ޑަބްލިޔު.އެސް.ސީ ރ. ދުވާފަރު ފުރަންޓު އޮފިސް

ނުވަތަ

އެމް.ޑަބްލިޔު.އެސް.ސީ

(ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ، މާލެ)

އަގު ހުށައެޅުން

04 ފެބްރުއަރީ 2020

11:30

އެމް.ޑަބްލިޔު.އެސް.ސީ ރ. ދުވާފަރު ފުރަންޓު އޮފިސް

ނުވަތަ

އެމް.ޑަބްލިޔު.އެސް.ސީ

(ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ، މާލެ)

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

27 ޖަނަވަރީ 2020
ހޯދާ