މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:                 

ޕްރޮޖެކްޓް އޮފިސަރ

ޢަސާސީ މުސާރަ:        

6,600.00

ސާވިސް އެލަވަންސް

1,500.00

ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ މާލެ އޮފީހުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި / ޕްރޮސީޖަރތަކާއި އެއްގޮތަށް ރާވާ ހިންގުމުގައި އިދާރީގޮތުން އެހީތެރިވެދިނުން.
  2. ޕްރޮޖެކްޓެއް ހިންގުމުގެކުރިން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ފަދަ ކަންކަމަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން.
  3. ޓެންޑަ ޑޮކިއުމަންޓްތައް ހެދުމާއި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރިވެދިނުން.
  4. ޕްރޮޖެކްޓްސްތަކަށް ބޭނުންވާ ކުރެހުންތައް ޑްރާފްޓްކުރުން.
  5. ޕްރޮޖެކްޓްސްތަކާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި ސެކްޝަންގެ ފަރާތުން ބައިވެރިވެ، ކުރަންޖެހޭ މަސައްކަތްތައްކުރުން.
  6. މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން.
  7. މަސައްކަތުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުންނާއި ގުޅިގެން ހައްލުކުރުން.
  8. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  9. ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި ހަރަކާތްތަކުގައި ބައިވެރިވުން.

މަގާމުގެ ޝަރުތުތައް:           

  1. އެމް އެން ކިއު އެފް ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ
  2. ދާއިރާއަކުން މަދު ވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  3. އޮޓޯ ކެޑް ފަރިތަކަމާއި އެކު ބޭނުންކުރަން އެގުން    
  4. މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން.

 ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ.

މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.                  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001186 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީcareers@mreic.com.mv  އަށެވެ.

  

27 ޖެނުއަރީ 2020

27 ޖަނަވަރީ 2020
ހޯދާ