ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުނިވާޒާތުގެ ކުނިބޭރުކުރުން

މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނިވާ ޒާތުގެ އެއްމެހާ ތަކެތި ކަޑަށް އުކާދޭނެ ފަރާތެއް ހޯދުމަށް 12 ޖެނުއަރީ 2020 ގައި މިއިދާރާއިން ކޮށްފައިވާ ނަންބަރު: C-381/I/2020/01 އިޢުލާނާއި ގުޅިގެން މައުލޫމާތު ނަންގަވާފައިވާ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން އިޢުލާނުކުރީމެވެ.

  • މި މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތު ދިނުންއޮންނާނި  27 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13.00 ގައި   މަލްޓިޕާޕަސް އިމާރާތުގެ ސެމިނާރ ރޫމްގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 01 ފެބުރުއަރީ 2020 ވާ ހޯމަ ދުވަހުގެ 13.00 ގައި މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރ ރޫމްގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
22 ޖަނަވަރީ 2020
ހޯދާ